ދިވެހިރާއްޖެ
އިޢުލާން
ރ.މާކުރަތު އިޖުތިމާޢީ މަރުކަޒު (މާކުރަތު މަކުތަބު)ގެ ގޯތިތެރޭގައި ހުރި ބަނބުކެޔޮގަސްތައް ވަރުވާއަށް ދޫކުރުން
މި އިދާރާގެ ނަންބަރު : (IUL)305/305/2019/57(17 ޖޫން 2019) އިޢުލާނާއި ގުޅިގެން އަގު ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.
ރ.މާކުރަތު އިޖުތިމާޢީ މަރުކަޒު (މާކުރަތު މަކުތަބު) ގޯތިތެރޭގައި ހުރި ބަނބުކެޔޮގަސްތައް މީލާދީ 2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.
މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6580015 ފޯނަށް ގުޅުއްވުން އެދެމެވެ.
- ބަނބުކެޔޮ ގަސްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް /-2000 ރުފިޔާ އެވެ.
ހުށަހަޅުއްވައި ބިޑުގައި ތިރިގައިވާ ކަންކަން ހިމަނަންވާނެއެވެ.
- ބަނބުކެޔޮ ގަސްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް).
- ބަނބުކެޔޮ ގަސްތައް ދިރުވާ އާލާ ކުރުމަށް ކުރާނެ މަސައްކަތުގެ ތަފްސީލް.
- ބަނބުކެޔޮ ގަސްތަކުންލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ.
ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ހުށަހަޅާ އެންމެ ބޮޑު ކުލި (އަހަރުދުވަހަށް) %75
- ބަނބުކެޔޮ ގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
- ބަނބުކެޔޮ ގަސްތަކުންލިބޭ ތަކެތި ބޭނުން ކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ޝަޢުބާން 1440