މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވަޒީފާގެ ފުރުޞަތު


 

މަޤާމު:

 މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މިފްކޯ ހެޑް އޮފީސް / އިންޓަރނަލް އޮޑިޓް ޑިޕާރޓްމަންޓް

އަސާސީ މުސާރަ:

9،000 ރުފިޔާ އާއި 10،500.00 ރުފިޔާ އާއި ދެމެދު~

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ޝަރުޠު:

  1. އެކައުންޓިންގ އަދި ފައިނޭންްސް އާއި ގުޅުންހުރި ދާއިރާ އަކުން މާސްޓާސް ޑިގްރީ އެއް ހާސިލް ކޮށްފައިވުން.
  2. ސީ.އައި.އޭ، އޭ.ސީ.ސީ.އޭ، ސީ.އައި.އެމް.އޭ ނުވަތަ ސީ.ޕީ،އޭ ސެޓްފިކެޓް އޮތް ފަރާތަކަށް އިސްކަން ދެވޭނެއެވެ.
  3. އޮޑިޓްކުރުމުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. އޮޑިޓް ރިޕޯރޓް ތައް ތައްޔާރުކުރެވޭނެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުން.
  5. އޮޑިޓް ސްޓޭންޑަރޑްސް އަދި ޕްރޮސީޖަރ ތަކާއި ބެހޭ މަޢުލޫމާތު އެނގޭ ފަރާތެއް ކަމުގައިވުން.
  6. ކޮމްޕިއުޓަރ އަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

      އިންޓާނަލް އޮޑިޓްގެ ސްކޯޕްތައްޔާރުކޮށް އޮޑިޓް ޕްލޭންހެދުން -

- ކުންފުނީގެ އޮޕަރޭޝަން ދަނީ ރަނގަޅަށްތޯ އިވެލުއޭޓް ކުރުން

- ރިސްކް މެނޭޖްމަންޓް އަދި ގަވަރނެންސް ފްރޭމް ވޯކް ހިނގާ ގޮތް އިވެލުއޭޓް ކުރުން.

- އޮޑިޓަށް ބޭނުންވާ ކަންތައް ފާހަގަކޮށް އިންޓަރނަލް އޮޑިޓްގެ އަހަރީ ޕްލޭން ތައްޔާރު ކުރުން.

- ތައްޔާރު ކުރެވޭ އޮޑިޓް ޕްލޭނާއި އެއްގޮތަށް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަަށް ގެންދިއުން

- އެކްސްޓަރނަލް އޮޑިޓް ކުރިއަށްގެންދަނީ އެންމެ ޙަރަދު ކުޑަކޮށް އެންމެ އެދެވޭ ގޮތަށްތޯ ކަށަވަރުކުރުން.

- އިންފޮމޭޝަން ސިސްޓަމް ކުންފުނީގެ މަގްސްދު ތަކާއި އެއްގޮތަށް ގެންދޭތޯ ކަށަވަރު ކުރުން.

- އޮޑިޓް ކުރިއަށް ދާ ގޮތުގެ ރިޕޯޓް މެނޭޖްމަންޓަށް ހުށަހަޅަމުން ގެންދިއުން.

- އޮޑިޓް ކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް، އޮޑިޓް ރިޕޯޓް ތައްޔާރު ކުރުން.

- އޮޑިޓް ނިމުމުން އޮޑިޓް ރިޕޯޓް ކުންފުނީގެ ބޯޑަށް އަދި މެނޭޖްމަންޓަށް ހުށަހެޅުން.

- ކުންފުނީގެ މަސައްކަތްތައް ހިނގަނީ ގާނޫނާ އަދި ގަވާއިދާ އެއްގޮތަށްތޯ ބެލުން.

- ކުންފުނީގައި ހިގާ ޚިޔާނާތުގެ މައްސަލަތައް ބަލާ އެކަން ތަހުގީގް ކުރެވެނީ ރަނގަޅަށްތޯ ބެލުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު އަދި ޕްރެޒެންޓޭޝަން.
  •  ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
  • ސައިޓްތަަކަށް ދަތުރު ކުރެވޭނެ މީހެއް ކަމުގައި ވުން.                          

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނުނަމްބަރާއެކު)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރި

-  އިންޓަރވިއު -------------%20

-  ޕްރެޒެންޓޭޝަން------------%20

-  ތަޢުލީމީ ފެންވަރު----------%30

-  މަސައްކަތުގެ ތަޖްރިބާ------%30

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް.

-  އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ  27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.  

 

 

-  ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ޖޫން 2019

20 ޖޫން 2019
ހޯދާ