ދިވެހިރާއްޖެ
ލ. ފޮނަދޫ ބަރާސިލް އަވަށު ބޯޅަދަނޑުގައި ހަދަން ފަށާފައިވާ ބޯޅަގޭގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)401-C/401/2019/21 (30 އޭޕްރީލް 2019) އިޢުލާނާއި ގުޅިގެން އެމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 26 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު، 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.