އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

އިޢުލާނު

މި އިދާރާގެ ނަންބަރު IUL)234-A/234/2019/21) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

ލޯންޗް ޑްރައިވަރ

މަޤާމް:

J-222682

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް. އެސް. 3

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ކްލެސިފިކޭޝަން:

އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، އދ. މަހިބަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

3,875.00

މުސާރަ:

1,000.00

ސަރވިސް އެލެވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އެހެނިހެން އެލަވަންސް:

މަސްއޫލިއްޔަތުތައް

  1. އަތޮޅު ކައުންސިލުން އަންގާ ގޮތެއްގެ މަތިން އަތޮޅު ކައުންސިލްގެ ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް (ދަތުރު ކުރުމަށް ކަނޑައަޅާ ޝެޑިއުލާ އެއްގޮތަށް) ރައްކާތެރިކަމާއެކު ކުރުމާއި، ދަތުރުތަކަށް ތައްޔާރުވުމުގެ ގޮތުން ލޯންޗަށް އަރުވާ ބާލަންޖެހޭ ތަކެތި އަރުވާ ބޭލުން
  2. ދަތުރުކޮށް ނިމުމުންނާއި، ފަޅުގައި އަޅާފައި އޮންނަ ކޮންމެ މަސައްކަތު ދުވަހެއްގައި ލޯންޗް ސާފުކޮށް ލޯންޗްގެ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުމާއި، މަދުވެގެން ހަފްތާއަކު އެއްފަހަރު ލޯންޗް އުނގުޅާ ފެހި ސާފުކުރުން
  3. އެހެން އުޅަނދުފަހަރާއި، ތަންތަނުގައި ލޯންޗް ނުޖެހޭގޮތަށް ރައްކާތެރިކަމާއެކު، ފަޅުގައި ލޯންޗް އެޅުމާއި، ލޯންޗް އަޅާފައި އޮންނައިރު، މަދުވެގެން ދުވާލަކު އެއްފަހަރު ލޯންޗް ބެލެހެއްޓުމާއި ލޯންޗް އެހެލާ ބޭލުމުގައި އެހީތެރިވުމާއި، ކަމާބެހޭ ވެރިއަކަށް ހުށަހަޅައިގެން ލޯންޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން
  4. ލޯންޗުގެ ސަލާމަތީ އާކުރުމުގެ ކަންކަން ކުރުމާއި ލޯންޗަށް ބޭނުންވާތަކެތި ހޯދުމަށް ފޯމު މެދުވެރިކޮށް އިދާރާއަށް ހުށަހަޅައިގެން ހޯދުން
  5. ލާންޗުގައި ކުރާ ދަތުރުތައް ވަގުތުން ވަގުތަށް ލޮގްގައި ނޯޓު ކުރުމާއި ދުވަހުން ދުވަހަށް ބިލްހަދައި ސްޕަވައިޒަރާއި ޙަވާލުކޮށް ރެކޯޑް ބެލެހެއްޓުން
  6. މީގެ އިތުރުން ވަޒީފާގެ ހައިސިއްޔަތުން ސްޕަވައިޒަރ ނުވަތަ ޒިންމާދާރުވެރިޔާ އަންގާ ކަންކަން ކުރުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ތައުލީމީ ފެންވަރު:

  1. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް "B" ކެޓެގެރީގެ ހުއްދައެއް އޮތުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ޝަރުޠުތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. އަދި މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖޫން 2019  ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6680522 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ޖުލައި 2019 އާއި 20 ޖޫން 2019 އާ ދެމެދު، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680507 ނުވަތަ 6680039 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6680522 އެވެ.    އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

19 ޖޫން 2019
ހޯދާ