ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ
ނަންބަރު: TENDER/HMH/2019/001
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ހުޅުމާލެ ހޮސްޕިޓަލް އަދި ހޮސްޕިޓަލުގެ ބެލުމުގެދަށުގައިވާ އެހެނިހެން އިމާތަރައްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2019 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޖޫން 2019 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ކޮމަޝަލް ޔުނިޓް (E-01-05) ގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލް އިދާރީ އޮފީސް މީޓިންގ ރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުން އިރުޝާދުދޭގޮތަކަށެވެ.
19 ޖޫން 2019
ޕްރޮކިޔުމެންޓް ޔުނިޓް
ހުޅުމާލެ ހޮސްޕިޓަލް، ހުޅުމާލެ، ހުވަނދުމާ ހިނގުން، ދިވެހިރާއްޖެ
އީ-މެއިލް: [email protected] ވެބްސައިޓް: www.hmh.gov.mv ފޯން: +960 3350147