ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގައި ހުރި ލަކުޑި ދޮރުތައް އެލުމިނިއަމް ދޮރަށް ބަދަލުކުރުން

އިޢުލާން

ކޯޓުގައި ހުރި ލަކުޑި ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން.

މިކޯޓުގައި ހުރި ލަކުޑި ކުދި ދޮރުސެޓުތަކާއި، ފެންލައިޓްތަކާއި، ކޯޓު ޢިމާރާތުގެ މައިދޮރާއި ދޮރުފަތް ނައްޓައިއެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު:18/2014 ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު( ނުވަތަ ޤާނޫނު ނަންބަރު:19/2014 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތާ ގުޅިގެން މިކޯޓުން 20 މޭ 2019 ގައި ކޮށްފައިވާ މިކޯޓުގެ ނަންބަރު: 04/2019/L5MC-C އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.

 

16 ޝައްވާލް 1440

19  ޖޫން  2019

19 ޖޫން 2019
ހޯދާ