ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އޭ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރުގައި ތަރައްޤީ ކޮށްފައިވާ އޭ-ޒޯން ލައިސަންސް ދޫކުރާ ބިމާއި، އެބިމާއިން އިންވެގެންވާ މަގު ކުނިކަހައި، ވިނަ ނޮޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ބިޑު ޑޮކިއުމަންޓްސްވިއްކުން

 

17 ޖޫން 2019 އިން 25 ޖޫން 2019 އަށް ބަންދުނޫން ދުވަސްދުވަހު 9:00 އިން 12:00 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި، ބިޑު ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާ އެވެ.

 

 

 

ބިޑް ހުށަހަޅަންވީ މުއްދަތު:

ޕްރީބިޑް ބައްދަލުވުން އޮންނާނީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

 

 

އިތުރު މަޢުލޫމާތު:

އެޑްމިނިސްޓްރޭޝަން އެޗްއާރު އެންޑް އިންފޮރމޭޝަން ޔުނިޓް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ޅ. ނައިފަރު، ދިވެހިރާއްޖެ،

ފޯން: 6620331 ނުވަތަ 6620118  ފެކްސް: 6620043                                                                                 

އީމެއިލް: [email protected]

17 ޖޫން 2019
ހޯދާ