ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: ޗާޕުކޮށްދޭނެ ފަރާތެއް ހޯދުން
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ބޭނުންވާ ބައެއް ތަކެތި ޗާޕުކުރުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ޗާޕުކޮށްދޭން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- ޗާޕުކުރަންވީ ގޮތުގެ މައުލޫމާތު ކަރުދާސް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ޗާޕުގެ ނަމޫނާ ބަލަން ބޭނުންފުޅުވާ ފަރާތްތަކުން 2018 ޖޫން 19 އަދި 20 ވަނަ ދުވަހުގެ 10:00-11:00 އާ ދެމެދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) އަށް ވަޑައިގަތުމުން ނަމޫނާ ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
- އަގު ހުށަހަޅުއްވާނީ ކޮންމެ އައިޓަމަކަށް ވަކީންނެވެ. އަދި އަގުގެ ތެރޭގައި ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް ބަޔާންކުރެވިފައި އޮންނަންވާނެއެވެ.
- މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން ކޮންމެ އައިޓަމަކަށްވެސް އެންމެ ރަނގަޅު ހުށަހެޅުމަކަށެވެ.
- މި ބީލަމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 23 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ "ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެގޮތާއި ބީލަން ވަޒަންކުރާނެގޮތް" މި އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މިގޮތުން މި އުޞޫލުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ލިޔުންތައް ހުށަހެޅުން ލާޒިމެއްނޫނެވެ. މިހެންކަމުން މި އުޞޫލުގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބަޔަށް މި ބީލަމުގެ އިވެލުއޭޝަންގައި ރިއާޔަތްނުކުރާނެއެވެ. އަދި މި އުޞޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ "އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތަޖުރިބާ ވަޒަންކުރާ ފޯމް" ފުރުންވެސް ލާޒިމެއްނޫނެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށްވުރެ ލަހުން ލިބޭ ބީލަންތައް ބަލައިނުގަންނާނޭވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- އަގުގެ ބަޔަށް މާރކްސް ދެވޭނީ ބީލަމާއެކު ހުށަހަޅާ ކޯޓޭޝަންގައިވާ އަގަށެވެ. އަދި ތަޖުރިބާގެ ބަޔަށް މާރކްސް ދޭނަމަ ދެވޭނީ ބީލަމާއެކު ހުށަހަޅާފައިވާ (މީގެ ކުރިންކޮށްފައިވާ މިފަދަ މަސައްކަތްތަކަށް ދީފައިވާ) ރިފަރެންސް ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހުއެވެ. މިފަދަ ރިފަރެންސް ލިޔުން ހުށަހަޅާފައިނުވާނަމަ ތަޖުރިބާގެ ބަޔަށް މާރކްސް ނުލިބޭނެއެވެ.
- މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
|
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345111 އީ-މެއިލް: [email protected] |
|
15 ޝައްވާލު 1440
18 ޖޫން 2019
ހޯދާ
