ދިވެހިރާއްޖެ
ނަންބަރު: 52/IUL)32-A4-CP/1/2019)
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ހިންގުމަށް ހަމަޖެހިފައިވާ "އިންޓްރޮޑަކްޝަން ޓު އިންޓަރނޭޝަނަލް އާބިޓްރޭޝަން" ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލުން
ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ "އިންޓްރޮޑަކްޝަން ޓު އިންޓަރނޭޝަނަލް އާބިޓްރޭޝަން" ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލައި މި އޮފީހުން ކޮށްފައިވާ ނަންބަރު: IUL)32-A4-CP/1/2019/35) އިއުލާނާއި ގުޅިގެން މިކޯހަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލައިފައިނުވާތީ އަލުން ފުރުޞަތު ހުޅުވާލައި އިޢުލާން ކުރީމެވެ.
މި ކޯސް ހިންގުމަށް ޤަސްދުކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 28 އިން 30 އަށް މާލޭގައެވެ. މި ކޯސް ހިންގާނީ އިނގިރޭސިވިލާތުގެ ޗާޓާރޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓަރސްގެ ފަރާތުންނެވެ. ކޯސް ބާއްވާނެ ތަން ކޯހުގައި ބައިވެރިވުމަށް އެދި ރަޖިސްޓަރކުރާ ފަރާތްތަކަށް ފަހު ތާރީޚެއްގައި އެންގޭނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ކޯހުގައި ރަޖިސްޓަރކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ކެންޑިޑޭޓުންގެ ޝަރުތު |
ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން، ނުވަތަ ކޮންސްޓްރަކްޝަނާއި އިންޖިނިއަރިންގ ދާއިރާއިން، ނުވަތަ ވިޔަފާރި އާއި އިންވެސްޓްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން. |
ހުށަހަޅަންޖެހޭ ތަކެތި |
|
ސުންގަނޑި |
2019 ޖޫން 23 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން |
ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް |
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް، ބަންދު ސިޓީއުރައެއްގައި، "އިންޓްރޮޑަކްޝަން ޓު އިންޓަރނޭޝަނަލް އާބިޓްރޭޝަން ކޯހަށް ރަޖިސްޓަރވުމަށް އެދި" މިގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. ނުވަތަ އީ-މެއިލް މެދުވެރިކޮށްނަމަ، އީ-މެއިލް ކުރާނީ [email protected] އަށެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ. |
މި ކޯހާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. ނުވަތަ އީ-މެއިލް ކުރާނީ [email protected] އަށެވެ.
15 ޝައްވާލު 1440