ދިވެހިރާއްޖެ
އިޢުލާނު
ސިޓީލާ ނީލަމުގައި ކަނޑާލާފައިހުރި ފެތިރޯނު ގަސްތަށް ނީލަންކިއުން:
ރޯޝަނީމަގުގެ ދެކުނުކޮޅުގައި ކަނޑާލާފައިހުރި ފެތިރޯނުގަސްތަށް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މީނީލަންކުރިއަށް ދާނެގޮތް މިދަންނަވަނީއެވެ.
މިނީލަން ކުރިއަށް ދާނެ މުއްދަތު: |
19 ޖޫން 2019 އިން 04 ޖުލައި 2019ގެ 13:30 |
ނީލަމަށް އަގުހުށައަޅާނެ ގޮތް: |
މިއިދާރާއަށް އެޑްރެސްކޮށް ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ކޮންމެ ދުވަހެއްގެވެސް 13:30ވުމުގެ ކުރިން ސިޓީއަކުން އަގު ހުށަހެޅުން، |
ނީލަން ފެށޭ އަގު: |
100ރ |
މުދުވެގެން އިތުރު ކުރެވޭނެ އަގު: |
10ރ |
ކޮންމެ ދުވަހެއްގައިވެސް އެދުވަހު ލިބޭ އެންމެ މަތީ އަގު ނޯޓިސް ބޯޑައަށް ނެރެވޭނެއެެވެ. މިގޮތުން ވިދިވިދިގެން ރަސްމީ 3 ދުވަހުވެސް އިތުރު އަގެއް ހުށަހެޅިފައިނުވާނަމަ، އެންމެމަތިން އަގު ހުށައަޅާފައިވާ އަގަށް ގަސްތަށް ވިއްކާލެވޭނެއެވެ. އަދި މިނީލަންގެ އެންމެ ފަހު ތާރީޙް 2019 ޖުލައި 04 ވަނ ދުވަހުގެ 13:30ގެ ކުރިން ލިބޭ އެންމެ މަތީ އަގަކަށް ގަސްތަށް ވިއްކާލެވޭނެއެވެ.
ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންފުޅުވައި ފަރާތްތަކުން ދެންނެވިފައިވާގޮތުގެ މަތިން މިއިދާރާއަށް އަގު ހުށައަޅަމުން ގެންދިއުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޝައްވާލް 1440