ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓަންސީގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެ |
ނަންބަރު:IUL)433-AFI/433/2019/5) |
ތާރީޚު: 18 ޖޫން 2019 |
މަސައްކަތް |
ކޮންސަލްޓަންސީގެ ޚިދުމަތް ދިނުން |
|
ބޭނުންވާ އަދަދު |
01 |
|
އުޖޫރަ |
މަހަކު 15,000/- ރުފިޔާ |
|
ސެކްޝަން/ޔުނިޓް/ތަން |
އެޑްމިނިސްޓްރޭޓިވް ސެކްޝަން، އަދި ރެކޯޑް މެނޭޖްމެންޓް ސެކްޝަން |
|
މަގާމުގެ މަސްޢޫލިއްޔަތު |
- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު ޢަދާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ކަނޑައަޅާ އާރކައިވްސް، ޕްރިޒަރވޭޝަން، ޑިޖިޓަލައިޒޭޝަން، ރިސަރޗް، މެނޭޖްމެންޓް އަދި މިނޫނަސް އެވަގުތަކަށް ކޮންމެހެން ކުރަންޖެހިގެން ޤައުމީ އަރުޝީފުން ކަނޑައަޅާ މަސައްކަތްތަކަށް ފަންނީ ލަފަޔާއި އިރުޝާދު ދީ އެކަންކަމާއިގުޅޭ ޕޮލިސީ ކަރުދާސްތަކާއި ރިޕޯޓްފަދަ ތަކެތި ތައްޔާރުކޮށްދީ ލަފާދިނުން، - ދިވެހި ދައުލަތުގެ ލިޔެކިޔުންތައް ކެޓަގަރައިޒްކޮށް އަރުޝީފު ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން، - ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދީ އެކަންކަމާއިބެހޭ މަޝްރޫޢުތައް އެކުލަވާލުން، - ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ މެނޭޖްމެންޓް ޕްރޮސީޖަރތަކާއި އެސް. އޯ. ޕީ. ތައް ތައްޔާރުކޮށްދިނުމާއި، އަރުޝީފުން ހަދަންޖެހޭ އެކިއެކި ޤަވާއިދުތަކާއި އުސޫލުތައް ތައްޔާރު ކޮށްދިނުން، - އަދި މިނޫނަސް އެއިރެއްގެ ހާލަތާއި ގުޅިގެން ޤައުމީ އަރުޝީފުން އެދޭ ފަންނީ މަސައްކަތްތައް ކޮށްދިނުން. |
|
މަގާމުގެ ޝަރުތު |
ނުވަތަ،
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް: - ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން، - ވިސްނުންތޫނުކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން، - އޮޕަރޭޝަނަލް މަސައްކަތްތައް ރާވާހިންގުމުގެ ލަޔާގަތާ ޤާބިލިއްޔަތު ހުރުން. - އަރުޝީފުގެ ދާއިރާގެ ކޮންސަލްޓަންސީގެ ތަޖުރިބާ ހުރުން. |
|
މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. 4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
ސުންގަޑި |
25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން. |
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން |
މި އިޢުލާނުގެ މުއްދަތު ހަމަވާތާ 1 (އެކެއް) ހަފުތާގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ. |
|
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3010966/ 3010930 އެވެ. ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމަށް އެދޭ ފޯމު ހުށައަޅާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އިދާރީ ބަޔަށެވެ. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށް ކޮންސަލްޓީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދޭ ފޯމު ޤަޢުމީ އަރުޝީފުގެ އިދާރީ ބައިން (މ. ވައިނުޖެހޭގެ 1 ގެ 03 ވަނަ ފަންގިފިލާ)، އަދި ރެކޯޑް މެނޭޖްމެންޓް ސެކްޝަން (ޤައުމީ ދާރުލްއާސާރު ޢިމާރާތުގެ 02 ވަނަ ފަންގިފިލާ) އިންނާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެބްސައިޓުން ލިބެން ހުންނާއެވެ. ނޯޓް: މިމަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. |