އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލްގެ އިދާރާގެ ބިމުގެ ރަޖިސްޓަރީ ހެދުމާއި ބެހޭ:

ކުރިން އަރިއަތޮޅު އުތުރު ގޮފި ހިންގަމުން ދިޔަ ޢިމާރާތް އެހެންތަނަކަށް ބަދަލު ކުރުމަށްޓަކައި، އެ ޢިމާރާތުގެ ބަދަލުގައި 24 ޖެނުއަރީ 1995 ގައި އއ.ރަސްދޫ އިން ނަގައިދެއްވާފައިވާ 13114.06 އަކަފޫޓްގެ ބިމުގެ ރަޖިސްޓަރީ "އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް" ގެ ނަމުގައި ހެދުމަށް ވަނީ އެދިލައްވާފައެވެ. ( އަދި އއ.އަތޮޅު ކައުންސިލްގެ އިދާރާ މިހާރުވެސް ހިންގަމުން އެ ގެންދަނީ އަލަށް ނަގާ ދެވިފައިވާ ބިމުގައެވެ.)
ވީމާ، މިރަށު ކަނދުގަސްމަގުގެ ދެކުނުން، އއ.އަތޮޅު ގޭގެ ހުޅަނގުން، ވިލާނުފަންނުމަގުގެ ދެކުނުން، ކޯޕަރޭޝަންމަގުގެ އިރުން އެވާ ބިމުގައިވާ އެންމެހައި ޢމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދަލާއި، އެންމެހާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އއ.ރަސްދޫ ކައުންސިލަށް ލިއުމަކުން ހުށައެޅުއްވުމަށް ދެންނެވީމެވެ.
އަދި، މަތީގައި ދެންނެވިފައިވާ ތާރީޙުގެ ކުރިން އެ ބިމުގައިވާ އެންމެހައި ތަންތަނާއި، ތަކެތީގެ މިލްކުވެރި ކަމާމެދު އެއްވެސް ފަރާތަކުން މިކައުންސިލަށް ސަކުވާއެއް ހުށައަޅުއްވާފައި ނުވާނަމަ " އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް " ގެ ނަމުގައި އެ ބިމުގެ ރަޖިސްޓަރީ ހަދާ އއ.އަތޮޅު ކައުންސިލްއާއި ހަވާލު ކުރެވޭނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ޖޫން 2019
ހޯދާ