ދިވެހިރާއްޖެ
ނަންބަރ:MTCC-PD/IU/2019/0097
އިޢުލާން
އެމްޓީސީސީ އަށް ޤާނޫނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދޭނެ ލޯފާރމްއެއް ހޯދުން:
އެމްޓީސީސީއަށް 2 އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދޭނެ ލޯފާރމްއެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު MTCC-PD/IU/2019/0065 (28 އޭޕްރީލް 2019 ) ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ޖުލައި 2019 ވަނަ ދުވަހުގެ 11:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
13 ޟައްވާލް 1440
16 ޖޫން 2019