ދިވެހިރާއްޖެ
މަޤާމް: ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު: 01
މަޤާމް: އެސިސްޓަންޓް ޓެކްނީޝަން
ބޭނުންވާ އަދަދު: 01
މަޤާމް: ސެކިއުރިޓީ އޮފިސަރ
މަޤާމްގެ ނަމްބަރު: J-121516
ބޭނުންވާ ޢަދަދު: 01
މަޤާމްގެ ގިންތި: ދާއިމީ
މަޤާމްގެ ރޭންކް: SS2
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
ވަޒީފާ އަދާކުރަންޖެހޭތަން: ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
މުސާރަ: -/3470ރ
ސަރވިސް އެލަވަންސް: -/1000ރ
އެހެނިހެން އެލަވަންސް: -/1200ރ
މަޤާމްގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:
ޢިމާރާތާއި ޢިމާރާތުގެ ގޯތިތެރެއަށް ހިމެނޭ ސަރަހައްދަށް ހުއްދަ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުން ވަނަނުދީ ބެލެހެއްޓުން.
2. ޢިމާރާތުގެ ބޭރު ގޭޓްތަކާއި ޢިމާރާތައް ބޭނުންވާ ދެމެންހުންނަ ބޮޑު ދޮރުތައް ހުޅުވި ބޭނުމެއް ނިމުމުން ތަޅުލެވިފައިވޭތޯ ޗެކްކުރުމާއި ޢިމާރާތުގެ ކުޑަދޮރުތައް ޤަވާޢިދުން ލައްޕާފައި ހުރޭތޯ ޗެކްކުރުން.
3. ޢިމާރާތުގެ ގޯތިތެރެއަށް ވެއްދޭ ތަކެއްޗާއި ބޭރަށް ގެންދެވޭ ތަކެތި ބެލުމާއި ސުވާލުކޮށްގެން އޮޅުންފިލުވަންޖެހޭ އެއްޗެއް ނަމަ ސުވާލު ކުރުން.
4. ފަޔަރ އެލާމެއް އަޅައިފިނަމަ އެކަމާއި ގުޅިގެން ޢަމަލު ކުރުމަށް ދެވިފައިވާ އިންސްޓްރަކްޝަން އާއި އެއްގޮތަށް ޢަމަލު ކުރުމަށްފަހު ސިކިއުރިޓީ ލޮގުފޮތުގައި ލިޔެ ކަމާއިބެހޭ މުވައްޒަފަކު ލައްވާ ސޮއި ކުރުވުން.
5. ސެކިއުރިޓީ ރޫމުގައި ބެހެއްޓިފައިވާ ސިކިއުރިޓީ ކެމެރާގެ މޮނިޓަރު ތައް ޤަވާޢިދުން ބަލަމުން ގެންދަންވާނެއެވެ. މިގޮތަށް ބެލުމުގައި އެއްވެސް އާދަޔާޚިލާފު ކަމެއްފާހަގަ ކުރެވިއްޖެ ނަމަ އެކަމެއް އޮތޯރިޓީގެ ކަމާބެހޭ މުވައްޒަފަކަށް އެންގުމުގެ އިތުރަށް އެކަމެއް ސެކިއުރިޓީ ލޮގުފޮތުގައި ނޯޓްކޮށް އޮތޯރިޓީގެ ކަމާބެހޭ މުވައްޒަފު ލައްވާ ސޮއި ކުރުވަން ވާނެއެވެ.
6. ރަސްމީގަޑީގެ ފަހުން އޮފީހަށް އަންނަ މުވައްޒަފުންނާއި،އެހެންފަރާތް ތަކުން ލިޔަން ހަމަޖެހިފައިވާ ފޮތުގައި ލިޔަމުންގެންދޭތޯ ބަލާ ޗެކްކުރުން.
7. ޢިމާރާތުގެ ބޭރުގެ ހޮޅިބުރި އެއް އަދައިފިނަމަ އެކަމެއް ކަމާބެހޭ މުވައްޒަފަށް އެންގުމާއި، ކަރަންޓް ދިނުން ފަދަކަމެއް ދިމާވެއްޖެހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު އެފަދަހާލެއްގައި ބޭނުންކުރެވޭ ގޮތަށް ބަހައްޓަންޖެހޭ ތަކެތި ރަގަޅަށް މަސައްކަތް ކުރާ ހާލަތުގައި ހުރިކަން ޔަޤީން ކުރުން.
8. އެއްޑިއުޓީ އިން އަނެއްޑިއުޓީ އަށް ބަދަލުވާއިރު އަލަށް ހަވާލުވާ ސެކިއުރިޓީ އޮފިސަރ ނިމުނު ޑިއުޓީގެ ކުރު ބްރީފިން އެއްދީ ތަންހަވާލުކުރުން.
9. ބެލެހެއްޓުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަޔާންވެދިޔަ ކަންތައްތަކުގެ އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކު އެކަމެއް ކުރެވެން އޮތް އެކަށީގެންވާ ގޮތަކަށް އެކަމެއް ކުރަންވާނެއެވެ.
10. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް މުވައްޒަފަކުޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން އެމުވައްޒަފަކު ކުރާ މަސައްކަތެއް ހަވާލުކޮށްފި ހާލަތެއްގައި އެމަސައްކަތެއް ހަވާލުކުރެއްވި މުއްދަތުގައި ކުރުން.
މަޤާމްގެ ޝަރުތު:
ލިޔަންކިޔަން އިނގުން.
ނުވަތަ
މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ- ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން އަށް ބަލައިގެން.
ށ- މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖްރިބާ އަށް ބަލައިގެން.
ނ- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖޫން 2019 ގެ 13:00 ގެ ކުރިން، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3320000 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ޖުލައި 2019 އާއި 07 ޖުލައި 2019 އާ ދެމެދު، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެނަވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިނަ އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމް: އެސިސްޓަންޓް ޓެކްނީޝަން
މަޤާމުގެ ނަންބަރު: J-213036
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: GS3
މަޤާމް ގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން: ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
މުސާރަ: -/4465ރ
ސަރވިސް އެލެވަންސް: -/1500ރ
އެހެނިހެން އެލަވަންސް: -/700ރ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކަސްޓަމްސް އާއި އެހެން ފަރާތްތަކުން ގެންނަ ކޮމިއުނިކޭޝަން އިކްއިޕްމެންޓް އާއި ޙަވާލުވުން.
- ކޮމިއުނިކޭޝަން އިކްއިޕްމެންޓް ޗެކްކޮށް ޗެކް ރިޕޯޓް ހެދުން.
- ކޮމިއުނިކޭޝަން އިކްއިޕްމެންޓްގެ ލައިސަންސް ގެ ކަންތައް ނިމުމުން އެތަކެތި ކައުންޓަރާ ހަވާލުކުރުން.
- އެކިއެކި ފަރާތްތަކުން ރާއްޖެއަށް އެތެރެކޮށް ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަނުކުރާ މުވަޞަލާތީ ތަކެތި ރީއެކްސްޕޯޓް ކުރުމަށް ކަސްޓަމްސް އާއި ޙަވާލުކުރަންދިއުން.
- ބޯޓް ފަހަރުގައި ހުންނަ ރޭޑިއޯ ސެޓްތައް ސާވޭކުރުމަށް ބޯޓަށް ދިއުން.
- ޓެކްނީޝަން އެއް އޮފީހުގައި ނެތިއްޖެ ޙާލަތެއްގައި އެޓެކްނީޝަން އެއްގެ މަސައްކަތާ ޙަވާލުވުން.
- މިއޮތޯރިޓީން ކަނޑައަޅާފައިވާ މިންގަޑު ތަކަށް ނުފެތޭ ކޮމިއުނިކޭޝަން އިކްއިޕްމެންޓް، ރަގަޅު ކުރުމަށް ދޫކޮށްފައިވާ މުއްދަތުގެތެރޭގައި އެތަކެތި އަބުރާ ގެނޭތޯ ބަލާ މިކަނތަށް ތަށް ހަމަޖެއްސުން.
- މިއޮތޯރިޓީ އަށް ރަޖިސްޓްރީ ކުރަން ގެންނަ ކޮމިއުނިކޭޝަން އިކްއިޕްމެންޓް ގެ ޑޭޓާ އަޕްޑޭޓް ކޮށް ބެލެހެއްޓުން.
މަޤާމްގެ ޝަރުތު:
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހ ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖޫން 2019 ގެ 13:00 ގެ ކުރިން، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3320000 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ- ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން އަށް ބަލައިގެން.
ށ- މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖްރިބާ އަށް ބަލައިގެން.
ނ- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ޖުލައި 2019 އާއި 07 ޖުލައި 2019 އާ ދެމެދު، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެނަވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިނަ އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3030300 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3320000 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.