ދިވެހިރާއްޖެ
މިސްކޫލަށް ޗާޕު މެޝިނެއް ގަތުމަށް 02 ޖޫން 2019 ގައި ކުރެވުނު އިއުލާން GS50/IUL/2019/10 އާއި ގުޅިގެން ބީލަން ހުށަހެޅުމަށް ނަންނޯޓުކޮށްފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެއިއުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވަމެވެ.
މި ސްކޫލަށް ޗާޕު މެޝިނެއް ގަތުމަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 18 އިން 2019 ޖޫން 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ފޯނުން ނަންނޯޓް ކުރެއްވުން އެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 25 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 26 ވާ ބުދަ ދުވަހުގެ 10:00ގައި މިސްކޫލްގައެވެ.
ބީލަން ހުޅުވުން އޮންނާނީ 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ޝަމްސުއްދީން ސްކޫލްގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަމްސުއްދީން ސްކޫލް
ސ.މީދޫ، ދިވެހިރާއްޖެ
ފޯން: 6895733
އީ-މެއިލް: [email protected]