ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
ނަމްބަރ: IUL)22-D/22/2019/128)
މި މިނިސްޓްރީގެ އިޢުލާން ނަންބަރު IUL)22-D/22/2019 /106) ބާޠިލު ކުރުމަށް ފަހު އަލުން އެ މަގާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.
މަޤާމް: އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ
މަޤާމުގެ ނަންބަރު: J-304339އަދި J-304338
ބޭނުންވާ އަދަދު: 02
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: (އެމް.އެސް 3 – އީ.އެކްސް2 )
މަޤާމުގެ ކްލެސިފިކޭޝަން: (އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 – އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6)
ވަޒީފާ އަދާކުރަން ޖެހޭ ތަން: ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން
މުސާރަ: 7035.00 –8835.00
ސަރވިސް އެލެވަންސް: 3500.00
އެހެނިހެން އެލަވަންސް:
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
4. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަވާނަމަ، މަޤާމުގެ މުސާރައިގެ %28 ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސްގެ ޑިސިޕްލިން ތަކަކީ އެޑިޔުކޭޝަން، ސްޕެޝަލައިޒްޑް ސަބްޖެކްޓް ނުވަތަ ޓީޗިންގ އެވެ.) ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާނަމަ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ؛
|
ރޭންކް |
ސަޕޯޓިން ކޯ އެލަވަންސް 2 |
|
MS3 |
-/900 ރުފިޔާ |
|
MS4 |
-/900 ރުފިޔާ |
|
EX1 |
-/1100 ރުފިޔާ |
|
EX2 |
-/1100 ރުފިޔާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1- އުނގެނުމުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ އެކި ގިންތިތައް (މިސާލު: އޯޓިޒަމް، ލާރނިންގ ޑިފިކަލްޓީސް، ކުދިން، އިންޓަރލެކްޗުއަލް އިންޕެއަރމަންޓް) މިކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ހިންގަންޖެހޭ އެންމެހާ ތަމްރީނުތައް ރޭވުން އަދި އެކި އެކި ސްކޫލްތަކުގައި ހިންގުން
2- ރާއްޖޭގެ ސަރުކާރު ސްކޫލްތަކުގައި އުނގެނުމުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ޓީޗަރުންނަށް އަދި ސްކޫލްތަކަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަތުން
3- ހުރިހާ ކުދިން ޝާމިލް ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގެ %25 ސްކޫލްތަކުގައި އަދި ޓީޗަރުންނަށް ބޭނުންވާނެ އެންމެހާ ތަމްރިނުތައް ހިނގުން
4- އުނގެނުމުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތަފާތު ގިންތިތައް (މިސާލު: އޯޓިޒަމް، ލާރނިންގ ޑިފިކަލްޓީސް، އިންޓަރލެކްޗުއަލް އިންޕެއަރމަންޓް) މިކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ކިޔަވައިދިނުމާ ގުޅޭގޮތުން ހިންގަންޖެހޭ އެންމެހާ ތަމްރީނުތައް ރާއްޖޭގެ ސްކޫލްތަކުގެ %25 ސްކޫލްތަކުގައި އަދި ޓީޗަރުންނަށް ހިންގުން
5- ޤައުމީ މަންހަޖު ތަންފީޒު ކުރެވެމުންދާއިރު އުނގެނުމައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާނެ ކަރިކިއުލަމް އެޑެޕްޓޭޝަން ތަމްރީނުތައް ފަރުމާކޮށް އެތަމްރިނުތައް ހިންގުން
6- ހިންގޭ އެންމެހާ ތަމްރީނުތަކުގެ އިދާރީ ލިޔުންތައް އަދި ތަފާސްހިސާބު ބެލެހެއްޓުން
7- މަތީގައި ބަޔާން ކުރެވުނު އެންމެހާ ކަންތައްތަކަށް ބޭނުންވާ ސްޓޭންޑަޑް އޮޕޮރޭޝަނަލް ޕްރޮސީޖަސް ތައް އެކުލަވާލުން
މަޤާމުގެ ޝަރުތުތައް:
|
|
|
||
|
މަޤާމްގެ ރޭންކް |
ކްލެސިފިކޭޝަން |
ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ |
|
MS3 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 |
- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/7035ރުފިޔާ |
|
MS4 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5 |
- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި) ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/7875ރުފިޔާ |
|
EX1 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6 |
- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/8835ރުފިޔާ |
|
EX2 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 |
- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/9890ރުފިޔާ |
ގުޅޭ ވަޒީފާގެ ދާއިރާތައް:
- ޓީޗިންގް ސާވިސަސް
ތައުލީމީ ރޮނގުތައް:
1.އެޑިޔުކޭޝަން
2. ސްޕެޝަލައިޒްޑް ސަބްޖެކްޓް
3. ޓީޗިން
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ)
- މި ވަޒީފާއަށް ކުރިން ކުރެވުނު އިޢުލާނަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅި ފަރާތްތަކުން ހަމަ އެކަނި ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާލުމުން ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖޫން 2019 ވާ އަންގާރަ ދުވަހު 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު
ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341510 ފޯނަށް ގުޅުއްވުން އެދެމެވެ.
14 ޝައްވާލް 1440
17 ޖޫން 2019
