ދިވެހިރާއްޖެ
އިޢުލާން
ދިވެހި ބޭހާއި ކޮމްޕްލިމަންޓްރީ މެޑިސިންއާ ބެހޭގޮތުން ލަފާދޭ ފަންނީ ކޮމެޓީއެއް އެކުލަވާލުން
ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭގޮތުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް ލަފާދޭނެ ފަންނީ ކޮމިޓީއެއް އެކުލަވާލުމަށް ކުރި އިޢުލާން ނަމްބަރ (IUL)23-MAHC/23/2019/105 އަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ދިވެހި ބޭސްވެރިކަމުގެ ދާއިރާގެ 4 މެމްބަރުންނާއި ކޮމްޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ޝަރުތު ފުރިހަމަވާ 01 މެމްބަރަކުވަނީ ކޮމެޓީއަށް ހޮވިފައެވެ. އެކޮމެޓީގައި އުނިވާ ކޮމްޕްލިމެންޓްރީ މެޑިސިން ދާއިރާގެ 02 ޖާގައަށް މެމްބަރުކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
އެކޮމެޓީއަކީ މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން އުފެދެންދެން ދިވެހި ބޭހާއި ކޮމްޕްލިމެންޓްރީ މެޑިސިންގެ ފަންނު އަދި ފަންނުވެރިން ރެގިއުލޭޓްކުރުމުގައި އެކައުންސިލަށް ލަފާދިނުމަށް އެކުލަވާލެވޭ ވަގުތީ ކޮމެޓީއެކެވެ. އެކޮމެޓީގައި ހިމަނަން ހަމަޖެހިފައިވަނީ ދިވެހިބޭސްވެރިންގެ ތެރެއިން 4 ފަރާތަކާއި ކޮމްޕްލިމެންޓްރީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން 3 ފަރާތެކެވެ. އެކޮމެޓީއަށް މީހުން ހޮވުމުގެ ޝަރުތުތަކާ އިސްކަންދޭ ކަންތައްތައް ތިރީގައި ބަޔާންކުރަމެވެ.
|
ބޭނުންވާ ދާއިރާ |
ކޮންޕިލިމެންޓްރީ މެޑިސިންގެ ފަންނުވެރިން |
|
ޝަރުޠު |
|
|
ބޭނުންވާ އަދަދު |
02 |
|
މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް |
|
|
ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
ސުންގަޑި |
27 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) |
|
އިތުރުމަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014480 އެވެ. |
ވީމާ، މިކޮމެޓީގެ މެމްބަރު ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ޖޫން 2019 ވަނަ ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް ) ސިޓީ ހުށަހެޅުއްވުން އެދެމެވެ.
13 ޝައްވާލު 1440
