|
މަޤާމު:
|
ކޮމްޕިއުޓަރ ޓެކްނީޝަން
|
ބޭނުންވާ އަދަދު:
|
01
|
|
ގްރޭޑް:
|
5
|
ސްޕައިން ޕޮއިންޓް:
|
24
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
އޮފީސް:
|
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
|
ޑިޕާޓްމަންޓް / ސެކްޝަން
|
އެޑްމިން
|
|
މުސާރަ:
|
މަހަކު 7,151.26 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83 ރުފިޔާ
|
|
އިނާޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން،ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.
|
|
ކޮމްޕިއުޓަރ ޓެކްނީޝަން (ސްޕައިން ޕޮއިންޓް 24) ގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން
(ސްޕައިން ޕޮއިންޓް 17) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.
|
|
މަޤާމު:
|
އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން
|
ބޭނުންވާ އަދަދު:
|
1
|
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް / ސެކްޝަން:
|
އެޑްމިން
|
|
ގްރޭޑް:
|
4
|
ސްޕައިން ޕޮއިންޓް:
|
17
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މުސާރަ:
|
މަހަކު 5,778.10ރ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,476.33 ރ
|
|
ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޔުނިވަރސިޓީ ގައި ބޭނުންކުރާ ކޮމްޕިއުޓަރއަދި ލެޕްޓޯޕްތައް ސެޓަޕްކޮށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
- ޔުނިވަރސިޓީ ގައި ބޭނުންކުރާޕްރިންޓަރ އަދި ސްކޭނަރ ސެޓަޕްކުރުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
- ކޮމްޕިއުޓަރ ފޯމެޓްކޮށް ހަދަންޖެހޭ ޙާލަތްތަކުގައި ފޯމެޓްކޮށް ފަންކްޝަންކުރުން.
- ވައިރަސް ކްލީންކޮށް ޔުނިވަރސިޓީން ގެންގުޅޭ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
- ފެކަލްޓީގެ ކްލާސްތަކާއި ލެބް ތަކުގައި ކްލާސްތައް ނެގޭނެގޮތަށް މަލްޓިމީޑިޔާ އާއި ކޮމްޕިޔުޓަރތަކަށް ބޭނުންވާ ސޮފްޓްވެޔަރތައް އަޅައި، މައްސަލަޖެހޭތޯ ތަރުތީބުން ބަލަމުން ގެންދިއުމާއި އަބަދުވެސް މިތަންތަން ކްލާސްތައް ނެގޭގޮތަށް ބެހެއްޓުމާއި މައްސަލަޖެހޭތޯ ބަލާ، ޖެހޭ މައްސަލަތައް ހައްލުކުރުން. އަދި ސައުންޑް ސިސްޓަމް ބޭނުންވާ ތަންތަނުގައި ރަގަޅަށް ސިސްޓަމްތައް މަސައްކަތް ކުރޭތޯ ބަލާ، މައްސަލަ އުޅޭނަމަ ރަގަޅުކުރުން.
- ޔުނިވަރސިޓީ އިން ޙަވާލުކުރެވޭ ގޮތެއްގެ މަތިން ނެޓްވަރކް މަސައްކަތްތައް ކުރުން. މިގޮތުން: ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން، ނެޓްވަރކް ބޭނުންވާނެ ތަންތަނަށް ނެޓްވަރކް އެޅުން، އަދި ނެޓްވަރކް ސްވިޗެއް، ކޭބަލެއް ނުވަތަ ފޭސްޕްލޭޓް ސެޓްކުރުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން ހިމެނެއެވެ.
- ޔުނިވަރސިޓީއިން ޙަވާލުކުރާގޮތެއްގެ މަތިން ސަރވަރތައް އަޕްގްރޭޑްކުރުމާއި މެއިންޓެއިންކުރުން.
- ފެކަލްޓީއަށް ބޭނުންވާ ހުރިހާ އޯޑިއޯވިޝުއަލްތަކެތި ބެލެހެއްޓުމާއި، ސެޓްކުރުން.
- އޮފީހުން ހަމަޖައްސާ ގޮތުގެ މަތިން އިތުރުގަޑީގެ މަސައްކަތް ކުރުން.
- އައި.ޓީ. އާއި ގުޅުންހުރި ތަކެތި ގަތުމުގައި ލަފާދިނުން.
- އައި.ޓީ. އާއި ގުޅޭގޮތުން ފެކަލްޓީ/ޔުނިވަރސިޓީ އަށް ބޭނުންކުރެވޭނެ، ފައިދާހުރި ކަންތައްތައް ދެނެގަނެ އެކަންތައްތައް ކުރެވޭނެގޮތްތައް ހޯދައި އެކަންތައްތައްކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|