ދިވެހިރާއްޖެ
(IUL)E-380/2019/21ނަންބަރު
އިޢްލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޤަވާޢިދުން ރަޖިސްޓްރީކޮއްފައިވާ ވިޔަފާރި ނުވަތަ ކުންފުނި ތަކުގެ ތެރެއިން މިދަންނަވާ މަސައްކަތްތަށް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.
މަސްޖިދުލްޛިކްރާ
ހ - ދެފާޚާނާގެ ދޮރާއި ދޮރުފަތްނައްޓާ އެލްމެނިއަމް ދޮރާއި ދޮރުފަތް ހަދާ ހަރުކުރުން
ށ – ޚަތިމްބަހައްޓާނެ ކަބަޑެއްހެދުން
ނ - ފާޚާނާގެ ފްލަސްޓޭންކް ރަނގަޅުކުރުން
ރ - ގޭޓްގެ ބޮކި ރަނގަޅުކުރުން
ބ - ދިޔަދޮވީގެ ފެންފައިބާ ތަންނަށް ރަނގަޅުކުރުން
ޅ - ދިޔަދޮވީގެ ރިވެޓްކެނޑިފައިހުރި ތަންތަށް ރަނގަޅުކުރުން
ކ - ދިޔަދޮވީގައި ދަވާދު ކަހާ ސާފުކޮށް ކޮލެޓީރަނގަޅު ދަވާދުލުން
އ - ފާޚާނާގެ ބޭރު 2 ލައިޓް ބަދަލުކޮށް ދިއްލޭގޮތް ހެދުން
ވ – ވަޅުގެ ތަޅުންގަނޑު ނަގާ އާތަޅުންގަޑެއް އެޅުން
މަސްޖިދުލްތަޛްކިރާ
ހ – އެތެރޭގެ ސީލިންގް ނުބެދިހުރިތަން ލަކުޑިފިލައިން ފޮފަނަގާ ރަނގަޅަށް ބެއްދުން
ށ – މިހާރު ނުދިއްލޭ ލައިޓްތަކުގެ ވައިރިން ރަގަޅުކޮށް ދިއްލޭގޮތް ހެދުން
ނ - ފުރާޅުން އެތެރޭގެ ސީލިންގަށް ފެންފައިބާތަން ރަނގަޅުކުރުން
ރ – ޚަތިމް ބަހައްޓާނެ ކަބަޑެއްހެދުން
މަސްޖިދުލްހުދާ
ހ – ނަލަފިލާ ބަދަލުކުރުން
ށ – ޚަތިމް ބަހައްޓާނެ ކަބަޑެއްހެދުން
ނ – ސީލިންގުން ހަލާކުވެފައިވާބައި ނަގާ އާކުރުން
ރ - މިސްކިތު އެތެރޭގެ ސީލިންގްގައި ކުލަލުން
އިތުރު މަޢުލޫމާތު
· މިމަސައްކަތަކާގުޅޭ އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 29 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި ކައުންސިލް އިދާރާގައެވެ.
· އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 03 ޖޫން 2019 ވާ އާދީތަ ދުވަހުގެ 11:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
· ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
· އަންދާސީ ހިސާބު ހުށަހަޅާއިރު ވިޔަފާރި/ ކުންކުނީގެ ރަޖިސްޓްރީގެ ކޮޕީ އާއި،ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އަދި އަންދާސީ ހިސާބު ހުށަހަޅަނީ ވެރިފަރާތް ނޫންނަމަ ވެރިފަރާތުގެ ހުއްދަ ސިޓީ އާއި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅާން ވާނެއެވެ.
· އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙަޒިރުވާ ވިޔަފާރި/ ކުންފުނި ތަކަށް އެކަންޏެވެ.
ހުށަހެޅޭ ބިޑްތައް އިވަލުއޭޓް ކުރުމާއި މާކްސް ދިނުން
· ބިޑްތައް އިވަލުއޭޓް ކުރާނީ ކައުންސިލުން އެކުލަވާފައިވާ އިވަލުއޭޝަން ކޮމެޓީއަކުންނެވެ. އިވަލުއޭޓް ކުރުމަށްފަހު ބިޑް ކާމިޔާބު ކުރި ފަރާތަށް އެންގޭނެއެވެ.
· އިވަލުއޭޝަންގައި މާކްސް ދެވޭނީ،
ހުށަހެޅޭ އެންމެ ކުޑަ އަގަށް % 70 (ހަތްދިހަ) އިންސައްތަ ( އަގަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ކުޑައަގު އެއީ ބެންޗް މާކު ކަމުގައި ބަލައިގެންނެވެ.)
· މުއްދަތަށް % 20 (ވިހި) އިންސައްތަ ( މުއްދަތު ބަލާނީ އެންމެ ކުރު މުއްދަތަކީ ބެންޗް މާކްސް ކަމުގައި ބަލައިގެންނެވެ.
· މަސައްކަތުގެ ތަޖްރިބާ އަށް % 10 (ދިހައެއް) އިންސައްތަ ( ތަޖްރިބާ މިންކުރުމުގައި ބަލާނީ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުން ދޫކޮއްފައިވާ ކަމާ ގުޅުންހުރި، ލިޔުންތަކެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
21 ރަމަޟާން 1440
26 މެއި 2019