މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ހެޑްއޮފީސް، ހުޅުމާލެ ޑިސްޓްރިބިއުޝަން ޔުނިޓް އަދި މާލެ ޑިސްރިބިއުޝަން ޔުނިޓް 2 (ދެއެއް) އަހަރު ދުވަހުގެ މުއްދަތައް ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަމަށް

އިޢުލާން

މިކުންފުނީގެ ހެޑްއޮފީސް، ހުޅުމާލެ  ޑިސްޓްރިބިއުޝަން ޔުނިޓް އަދި މާލެ ޑިސްރިބިއުޝަން ޔުނިޓް 2 (ދެއެއް) އަހަރު ދުވަހުގެ މުއްދަތައް ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

 19 ޖޫން 2019 ބުދަ ދުވަހުގެ 10:00 އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަން ކަންޑައެޅިފައިވާ ވަގުތު ފާއިތުވުމުގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.

 

12 ޖޫން 2019،

12 ޖޫން 2019
ހޯދާ