|   މަޤާމް:           ޕްލޭނިންގ އޮފިސަރ | 
| މަޤާމްގެ ނަންބަރ:       J-309540 | 
| ބޭނުންވާ ޢަދަދު:        01(އެކެއް) | 
| ގިންތި:            ދާއިމީ | 
| ރޭންކް:            އެމް.އެސް.1 | 
| ކްލެސިފިކޭޝަން:         ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | 
| ވަޒީފާ އަދާކުރަންޖެހޭ ތަން:     މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާ އޮފީސް ޔުނިޓް:         އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް | 
| މުސާރަ:            -/5610 ރުފިޔާ | 
| ސާރވިސް އެލަވަންސް:      -/ 2000ރުފިޔާ އެހެނިހެން އެލަވަންސް:  | 
| 
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ.  މަޤާމްގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި، ވާޖިބްތައް:  | 
| 
ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށުތަރައްޤީގެ ޕްލޭން އެކުލަވާލުމާއި، ފޮނުވަންޖެހޭ ތާރީޚަށް އަތޮޅު ކައުންސިލަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި، ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ މިންވަރު ރައްޔިތުންނަށާއި، އަތޮޅު ކައުންސިލް އަދި ލޯކަލް ގަވަރންމެންޓް އޮތޯރިޓީއަށް އެންގުން. އަދި ތަރައްޤީގެ ޕްލޭނާގުޅިގެން އެކަށައަޅާ މަޝްރޫޢުތައް ޤާނޫނުގައިވާ ގޮތުގެމަތިން ތަންފީޒްކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާނެ ފައިސާހޯދުމަށް މަސައްކަތްކުރުން.ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ބިމުގެ ބަޖެޓާއި، ވަރކް ޕްލޭން ނުވަތަ މަސައްކަތު ތާވަލާއި، ކައުންސިލުން ތައްޔާރުކުރަންޖެހޭ އެހެނިހެން ޕްލޭންތައް  ތައްޔާރުކޮށް ގެންނަންޖެހޭ ބަދަލުތައް ހަމަޖެހިފައިވާ ޢުޞޫލުތަކާއި، އެއްގޮތަށް ގެނައުމާއި، އެކަމާއިގުޅޭ އެންމެހާ ރެކޯޑްތައް ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެއްގޮތަވާގޮތުގެމަތިން އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނާއި ތަޢާރަޟްނުވާ ގޮތެއްގެމަތިން ކުލީބިން ފިޔަވާ އެހެން ބޭނުންތަކަށް ބިންދޫކުރުމާއި، ރަޖިސްޓްރީކުރުމާއިބެހޭ އެންމެހާ ކަންތައް ބެލެހެއްޓުމާއި، ދޫކޮށްފައިވާ ގޯތިތަކުގައި މީހުން އާބާދުކުރުމާއި، ފަޅުގޯތިތައް ސާފްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުން.ރަށުގެ ބިމާއިބެހޭ ދަފްތަރު އެކުލަވާލުމާއި، ޤައުމީ ދަފްތަރު ބަލަހައްޓައި، ތަފާސް ހިސާބު ބެލެހެއްޓުމާއި، މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ އެކަމާއިބެހޭ ރެކޯޑްތައް ބެލެހެއްޓުން.ރަށު ތަރައްޤީގެ ޕްލޭނައި، މަސައްކަތު ތާވަލަށް ރިޢާޔަތްކޮށް ކައުންސިލުން ހިންގާ ޙަރަކާތްތަކުގެ މަސްދުވަހުގެ ރިޕޯޓާއި، އަހަރީ ރިޕޯޓް އަދި ޕާފޯރމަންސް އިންޑެކްސް އެކުލަވާލައި، އަތޮޅު ކައުންސިލާއި، ލޯކަލް ގަވަރންމެންޓް އޮތޯރިޓީއަށް ފޮނުވުން.އެކއެކި ދުވަސްތައް ފާހަގަކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަމާއި، އެކިއެކި މުބާރާތްތަކާއި، ޖަލްސާތަކާއި، ތަޢުލީމީ އަދި ފަންނީ ޕްރޮގުރާމްތައް ރާވާ ހިންގުން.ކައުންސިލާއި، ކަމާގުޅުންހުރި ފަރާތްތަކުގެ ލަފާގެމަތިން ޤަވާޢިދުތަކާއި، ޢުޞޫލްތައް އެކުލަވާލައި، ފާސްކުރަން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިލްކޮށް ބެލެހެއްޓުން އަދި ކައުންސިލްގެ އިދާރާއިން ހަދާފައިވާ ޤަވާޢިދުތަކާއި، ޢުޞޫލުތަކާ، ޚިލާފްވެގެން ޝަރުޢީ ކޯޓްތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.މުޅިތަނަށް ދިމާވާ ކުއްލި އެމަޖެންސީތަކާއި އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުމާއި، ވަޒީފާއާއިގުޅިގެން ކައުންސިލް އިދާރާއިން ޙަވާލުކުރާ އެންމެހާ ކަންތައްތައްކުރުން. | 
| މަޤާމުގެ ޝަރުތުތައް:  ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ހުށަހަޅަންޖެހޭ ލިޔުންތައް: | 
| 
ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.   (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް  ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| 
ލިބިފައިވާ ތަޢުލީމާއި، ތަމްރީނުލިބިފައިވާ މަސައްކަތު ތަޖުރިބާލިބިފައިވާ ހުނަރު   މަޤާމަށް އެދެންވީ ސުންގަޑި: | 
| މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ ގެ 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ޖޫން 2019 އާއި 29 ޖޫން 2019 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާ ގައެވެ.   ޝޯޓްލިސްޓް ކުރުން: | 
| މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560032 އަށެވެ. އީ-މެއިލް ކުރާނީ [email protected]    އަށެވެ. |