ދިވެހިރާއްޖެ
ނަންބަރ: (IUL)241-A/241/2019/14
އިއުލާން
އަތޮޅުކައުންސިލް އިމާރާތުގެ އޭސީ ތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތައް ކޮންޓްރެކްޓް އުޞޫލުން މަރާމާތު ކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ ، އޭސީތައް 1 ( އެކެއް ) އަހަރުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖޫން 2019 ވާ އާދީއްތަދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ.
މާރކްސް ދެވޭނެ މިންގަނޑު
- ހުށަހަޅާ އަގަށް %60
- ލިބިފައިވާ ތަޖުރިބާ އާއި ގާބިލް ކަމަށް %40
ގަޑިޖެހިގެން މައުލޫމާތު ސާފް ކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުއްވުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
07 ޝައްވާލް 1440
11 ޖޫން 2019