ދިވެހިރާއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށި ޖަލުގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ޤައިދީންނާއި ބަންދުމީހުން އަދި އެ ޖަލުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މާލެ އާއި މާފުއްޓާއި ދެމެދު ދަތުރުކުރުމަށްޓަކައި ދޯންޏެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް މި ސަރވިސްއިން ކޮށްފައިވާ ނަންބަރ:- (IUL)167-PR/167/2019/33 އިއުލާނާއި ގުޅިގެން މައުލޫމާތު ޝީޓާއި އެއްގޮތަށް ދޯނިތަކުގައި ޝަރުތުތައް ހަމަނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
19 ޖޫން 2019 |
ބުދަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
24 ޖޫން 2019 |
ހޯމަ |
11:00 |