މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ ޕްރައިމަރީ (ކޮންޓްރެކްޓް)

`

Maamendhoo School

GA. Maamendhoo

Republic of Maldives

 

މާމެންދޫ ސްކޫލް

   ގއ. މާމެންދޫ

 ދިވެހިރާއްޖެ

ނަންބަރު:GS198/IUL/2019/22

އިޢުލާނު

މަޤާމް: ރިލީފް ޓީޗަރ ޕްރައިމަރީ (ކޮންޓްރެކްޓް )

ބޭނުންވާ ޢަދަދު: 01 (އެކެއް)

ވަޒީފާގެ މުއްދަތު: 01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް އަދި ސެކްޝަން: ގއ.މާމެންދޫ ސްކޫލް /ގއ.މާމެންދޫ/ އެކަޑަމިކް ސެކްޝަން

ގިންތި: ވަގުތީ

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސިލަބަހާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުންނަށް ކިޔަވައިދިނުން.
  • ސްކޫލްގެ ވަސީލަތްތައް ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރުވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • މުޖްތަމަޢާއި ސްކޫލާއި ދެމެދު އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޙަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ، "ސްކީމް އޮފް ވާރކް" ގައިވާގޮތަށް، މަންހަޖުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލްކޮށްދިނުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ޙަވާލުކުރެވޭ އެންމެހާ ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެ ގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން.
  • ކިޔަވައިދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  • ސްކޫލްގެ ދަރިވަރުންގެ އަޚުލާޤާއި، ސުލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  • ދިވެހި ސަރުކާރުގެ ޤަވާއިދުތަކާއި، ދިވެހި ސިވިލްސަރވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލްގެ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

 

ޝަރުޠާއި މުސާރަ ހަމަޖެހިފައިވާ ގޮތް:

މަޤާމުގެ ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ހާޞިލްކޮށްފައިވުން

މަހަކު -/4500 ރުފިޔާ

މަހަކު -/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ހާޞިލްކޮށްފައިވުން

މަހަކު -/5500 ރުފިޔާ

މަހަކު -/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާޞިލްކޮށްފައިވުން

މަހަކު -/6090 ރުފިޔާ

މަހަކު -/2500 ރުފިޔާ

 

މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

-          މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލު ކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދޭ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމް މި ސްކޫލުން ލިބިވަޑައި ގަންނަވާނެއެވެ.)

2-      އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް.

4-      ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

5-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

6-      ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން 20 ޖޫން 2019(ބުރާސްފަތި) ދުވަހުގެ 13:00 ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި ގއ. މާމެންދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު: މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ޖޫން 2019 އިން 27 ޖޫން 2019 އާއި ދެމެދު، ގއ. މާމެންދޫ ސްކޫލުގައެވެ. ވުމާއި އެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7983073 ނަންބަރު ފޯނާ އެވެ. އީމެއިލް ކުރާނީ: [email protected] އަށެވެ.

                              09 ޝައްވާލް 1440

                                11 ޖޫން 2019

                                                             

11 ޖޫން 2019
ހޯދާ