ދިވެހިރާއްޖެ
މަޤާމް :ޓީއޯޓީ ޕްރޮގްރާމަށް ޓްރެއިނަރުން ހޯދުން | |
---|---|
ބޭނުންވާ އަދަދު :15 | |
ނަންބަރު: 123-D1/IUL/2019/29
އިޢުލާން
ނަޒާހަތްތެރިކަން ކުރިއެރުވުމާއި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އައްޑޫ ސިޓީގައި ބާއްވާ ޓީ.އޯ.ޓީ ޕްރޮގްރާމަށް ޓްރެއިނަރުން ހޯދުން
ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޓްރޭނަރުން ހޯދުމަށް ބާއްވާ ޓީ.އޯ.ޓީ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ބޭނުންވާ ޢަދަދު: 15 (ފަނަރަ)
ޝަރުތު
- ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލް ކޮށްފައިވުން
- ޓްރެއިނިންގ ދިނުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން
- ވޭތުވެދިޔަ 05 އަހަރުގެތެރޭގައި ޖިނާއީކުށެއް ސާބިތުވެ ޙުކުމެއް ތަންފީޛު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހެއްކަމުގައި ނުވުން
- ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ތުހުމަތުކުރެވޭ ނުވަތަ ބަލާފައިވާ މައްސަލައަކާއި ގުޅިގެން ފިޔަވަޅެއް އަޅާފައިވާ ފަރާތަކަށް ނުވުން
ޓްރެއިނަރުންގެ މަސްއޫލިއްޔަތު
- އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން
- ވޯރކްޝޮޕްއަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލް އަދި ސެޝަންތަކުގެ އިވެލުއޭޝަން ތައްޔާރުކުރުން
ޓްރެއިނަރަކަށްވުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް
- އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޓްރެއިނިންގ އޮފް ޓްރެއިނަރޒްގެ ޕްރޮގްރާމް ފުރިހަމަކުރުން
- އެންޓި-ކޮރަޕްޝަން ކޮމިޝަންނުން ކަނޑައަޅާ ޓްރެއިނަރުންގެ ސުލޫކީ މިންގަނޑާއި ޓްރެއިނަރުންގެ އިޤްރާރުގައި ސޮއިކުރުން
ޓްރެއިނަރުންގެ އެލަވަންސް
- ޓީ.އޯޓީ ފުރިހަމަކުރުމަށްފަހު ނަންގަވައިދެއްވާ 02 ގަޑިއިރު ނުވަތަ އެއަށްވުރެ ކުރު ކޮންމެ ސެޝަންއަކަށް -/300 ރުފިޔާ
- ޓީ.އޯޓީ ފުރިހަމަކުރުމަށްފަހު ނަންގަވައިދެއްވާ 02 ގަޑިއިރަށްވުރެ ދިގު ކޮންމެ ސެޝަންއަކަށް -/500 ރުފިޔާ
އިތުރު މަޢުލޫމާތު
- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ 15 ފަރާތަށްވުރެން އިތުރަށް ކުރިމަތިލާފައިވާނަމަ، ޕްރޮގްރާމަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ:
- ތަޢުލީމީ ފެންވަރު %40
- ތަޖުރިބާ %20
- ޕްރެޒެންޓޭޝަން އަދި އިންޓަރވިއު %40
- ޓްރެއިނަރުން ހޮވުމަށްޓަކައި ބާއްވާ ޓްރެއިނިންގ އޮފް ޓްރެއިނާރޒް ޕްރޮގްރާމެއް މިއަހަރުގެ ޖޫން/ޖުލައި މަހުގެ ތެރޭގައި އައްޑޫ ސިޓީގެ ހިތަދޫ ގައި އޮންނާނެއެވެ.
- ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިކަމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 ޖޫން 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކޮމިޝަނަށް ނުވަތަ އައްޑޫ ސިޓީގައި ހުންނަ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދެކުނު ސަރަހައްދީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.
- ފޯމާއެކު ތިރީގައިމިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
- ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސަނަދު އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015214 / 3015200
ފެކްސް ނަންބަރު: 3317182
އީމެއިލް: [email protected]
8 ޝައްވާލް 1440
11 ޖޫން 2019