ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އިންޑޯރ ބެޑްމިންޓަން ކޯޓެއް އަޅާއިދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށްޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 02 ޖުލައި 2019 ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.
މިއިޢުލާނަށް ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.