ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2019/27)
އިޢުލާން
ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން
މިޑިޕާޓްމަންޓުން އިންތިޒާމުކުރާ އިމްތިހާނުތަކުގެ ސުވާލު ކަރުދާސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނައުމާއި، އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކުރުމަށް، 1 އަހަރު ދުވަހުގެ މުއްދަތައް ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖޫން 19 ވާ ބުދަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގެ މީޓީންގ ރޫމުގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
07 ސައްވާލް 1440
10 ޖޫން 2019