ދިވެހިރާއްޖެ
ނެއްލައިދޫ ސްކޫލް
ހދ.ނެއްލައިދޫ ،ދިވެހިރާއްޖެ. ނަންބަރު : GS93/I/2019/22
އިޢުލާން.
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ހޯލް ޢިމާރާތުގެ ސީލިން މަރާމާތުކުރުން
މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 16 ވާ އާދީއްތަދުވަހުގެ ހެނދުނު 10.00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 ޖޫން 18 ވާ ހޯމައަންގާރަދުވަހުގެ ހެނދުނު 10.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ޖޫން 2019
07 ޝައްވާލް 1440