ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންކުއްޔަށް ދޫކުރުން

ބިންކުއްޔަށް ދޫކުރުން

 

 

            މިއިދާރާގެ ނަންބަރ (IUL)401-C/401/2018/25 (25 ޖޫން 2018) އިޢުލާނާއި ގުޅިގެން  ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކުރުމަށްފަހު ތިރީގައި މިވާ ބިންތައް  އަލުން ކުއްޔަށް ދިނުމަށް ގަސްދުކުރަމެވެ.

ބިމުގެ #

ބިން އޮތްތަން

ބިމުގެ ބޮޑުމިން

ކުއްޔަށް ދޭ ބޭނުން

17

ހުރަވީމަގުގެ އުތުރު ފަޅީގައި، ނައިރާ އިންޖިނިއަރިންގގެ ހުޅަނގު ފަރާތުގައި

2000 އަކަފޫޓް

އާއްމު ވިޔަފާރިކުރުމަށް

18

ހުރަވީމަގު އުތުރުފަޅީގައި، 17 ނަންބަރު ބިމުގެ ހުޅަނގުފަރާތުގައި

2000 އަކަފޫޓް

އާއްމު ވިޔަފާރިކުރުމަށް

19

ޝަހީދު ޢަލީމަގުގެ ދެކުނު ފަޅީގައި، 14 ނަންބަރު ބިމުގެ ހުޅަނގުފަރާތުގައި

2000 އަކަފޫޓް

އާއްމު ވިޔަފާރިކުރުމަށް

21

ޝަހީދު ޢަލީމަގުގެ ދެކުނު ފަޅީގައި، 19 ނަންބަރު ބިމުގެ ހުޅަނގުފަރާތުގައި

2000 އަކަފޫޓް

އާއްމު ވިޔަފާރިކުރުމަށް

23

ނަފާގޯޅީގެ އުތުރު ފަޅީގައި، 22 ނަންބަރު ބިމުގެ ހުޅަނގު ފަރާތުގައި

2150 އަކަފޫޓް

އާއްމު ވިޔަފާރިކުރުމަށް

24

ސިރާޖުއްދީންމަގުގެ އިރުމަތިފަޅީގައި، އުންމީދު ގޯތީގެ އުތުރުގައި

1920 އަކަފޫޓް

އާއްމު ވިޔަފާރިކުރުމަށް

25

ލިލީމަގުގެ އިރުމަތި ފަރާތުގައި އޮންނަ ހުސްބިން

1920 އަކަފޫޓް

އާއްމު ވިޔަފާރިކުރުމަށް

 

          ވީމާ، މިބިންތައް ކުއްޔަށް ނެންގެވުމަށް  ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާ އަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް  މިއިދާރާއަށް ވަޑައިގެން  ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާގުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ ބީލަންތަކާއި އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

         އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދަންނަވަމެވެ.

10 ޖޫން 2019
ހޯދާ