ދިވެހިރާއްޖެ
މިމިނިސްޓްރީގެ ބޭނުމަށް ތިރީގައިވާ ތަކެތި ގަނެ ބ.މާޅޮސް އަށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
| އަދަދު | ތަފްސީލް | ރޭޓް | ޖުމްލަ | 
| 2 | ބޮނޑި ވެލްޑިނގް ރޮޑް 2.5 އެމް.އެމް ގެ 2 ކިލޯ | 
 | 
 | 
| 85 | ދަގަޑު ހޮޅި 3/4 އިންޗި | 
 | 
 | 
| 71 | ދަގަޑު ހޮޅި 1/2 އިންޗި | 
 | 
 | 
| 10 | ބުރުމާ ކަށި އެސް.އެސް (ރިވެޓް ސައިޒްގެ) | 
 | 
 | 
| 6 | ބުރުމާ ކަށި އެސް.އެސް (ޓިނު އިސްކުރު ސައިޒްގެ) | 
 | 
 | 
| 58 | އެންގަލްސްލޮޓެޑް 1/2 1 * 2 އިންޗި 10 ފޫޓް ދިގު ( ބޯމިން 2 އެމް.އެމް) | 
 | 
 | 
| 300 | ޓިނު އިސްކުރު ފުލްތްރެޑް ނަޓާއެކު 1 އިންޗީގެ | 
 | 
 | 
| 300 | ވަސަރު (1 އިންޗި ޓިނު އިސްކުރަށްލެވޭ ސައިޒްގެ) | 
 | 
 | 
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 18 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 50 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 50 )
- މުއްދަތަށް 30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު * 30 )
- ތަޖުރިބާއަށް 20 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
ރ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
 
                    