ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު
123-A/IUL/2019/34 (21 މޭ 2019) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ކެޓެގަރީ |
ތަފްސީލު |
1 |
ކޮންފަރެންސް ރޫމް އަށް ސައުންޑް ސިސްޓަމެއް ހޯދާ، އެ ސިސްޓަމްހަރުކުރުން. |
2 |
ކޮމިޝަނުގެ މެމްބަރުންގެ މީޓިންގ ރޫމަށް 75" ޓީވީއެއް ހޯދާ އެ ޓީވީ ހަރުކުރުން. |
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބިޑާ ގުޅޭ މަޢުލޫމާތު ޝީޓް، މިކޮމިޝަނުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.
07 ޝައްވާލް 1440
10 ޖޫން 2019