ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށްދިނުމާ ބެހޭ

 

އިޢުލާން

 

ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށްދިނުމާ ބެހޭ

 

 ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މި އިދާރާގެ ގޯތި ތެރޭގައި ހުރި ރުއްތައް ކުއްޔަށް ދެވޭނީ މީލާދީގޮތުން 1 އަހަރު ދުވަހަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ މެންދުރު 10:00 ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 19 ޖޫން 2019 ވާ ބުދަ ދުވަހު މެންދުރު 11:00 ގައެވެ. ރުއްތައް ދޫކުރެވޭނީ އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އަދި މި ރުއްތައް ކުއްޔަށްނަގާ ފަރާތުން 1 އަހަރު ދުވަހުގެ ކުލި އެއްފަހަރާ ދައްކާ ނިންމަވަންވާނެއެވެ. އަދި ރުކަކަށް ނުވަތަ ރުއްތަކަށް ގެއްލުންލިބޭފަދަ އެއްވެސް ކަމެއް ކުއްޔަށް ނަގާ ފަރާތުން ކޮށްގެން ނުވާނެއެވެ. އެފަދަކަމެއް ކުއްޔަށްނެގި ފަރާތުން ކޮށްފިނަމަ އެ ރުއްތައް އަނބުރައި ކައުންސިލަށް ނެގޭނެއެވެ. މިގޮތުން ނަގާއިރު ކުއްޔަށްނެގުމަށް ދެއްކި ކުލި (ފައިސާ) އަނބުރާ ނުލިބޭނެ ވާހަކަވެސް ދެންނެވީމެވެ.                                                                                                                 

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.               

                07  ޝައްވާލް   1440

                10    ޖޫން    2019              

10 ޖޫން 2019
ހޯދާ