ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2019/27
އިޢުލާން
16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019
21 ޖޫން އިން 30 ޖޫން އަށް ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ އިންޓަރސުކޫލް ބެޑްމިންޓަން މުބާރާތް (ސެންޓްރަލް ޒޯން އަދި ގްރޭޓާރ މާލޭ ޒޯން)ގެ ބައިވެރިވުމުގެ މުއްދަތު ގިނަ ފަރާތްތަކުގެ އެދިލެއްވުމުގެ މަތިން 12 ޖޫން 2019 ވާ ބުދަ ދުވަހުގެ 14:00 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ސުކޫލް ތަކުން 12 ޖޫން 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމް، އައިޑީކާޑު ކޮޕީ އަދި ޕާސްޕޯޓުސައިޒް ފޮޓޯ ބެޑްމިންޓަން އެސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ.
އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާއިދު:
- · ޑައުންލޯޑް ކުރުމަށް ވެބްސައިޓް www.badmintonmaldives.org.mv
އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުތާރީޙް:
12 ޖޫން 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފީހަށް.
މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު:
މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަދި މެންދުރުފަހު 13:30 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯންނަމްބަރ: 3314057 އަށް ގުޅުއްވުން އެދެމެވެ.
10 ޖޫން 2019