ދިވެހިރާއްޖެ
ނަންބަރު GS197/IUL/2019/010 :
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިއީ މިކަމަށް ކުރެވޭ 3 ވަނަ އިއުލާނެވެ.
- މިސްކޫލު ނަމްބަރ GS197/IUL/2019/08 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮއްފައިނުވެއެވެ. އަދި މިސްކޫލުގެ ނަމްބަރ GS197/IUL/2019/09 އިއުލާނާއި ގުޅިގެން އެއް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮއްފައިވާތީ މިއިއުލާން ބާތިލް ކުރީމެވެ.
2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 11 އަދި 12 މި ދެދުވަހު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 17 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
5. ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 23 އާދިއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
6. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަނޑުހުޅުދޫ ސުކޫލް
ގއ ކަނޑުހުޅުދޫ
ފޯން:7983078
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
07 ޝައްވާލް 1440
10 ޖޫން 2019