ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2019/12
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 04 ކޮމްޕިއުޓަރ ސިސްޓަމް ގަނެ އިންސްޓޯލްކޯށްދޭނެ ފަރާތެއް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 1100 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖޫން 2019 ވާ އާދިއްތަ ދުވަހު ހެނދުނު 1100 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މުޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަށް އަދި އަންދާސީ ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތުތައްވެސް ހުށައެޅުއްވުން އެދެމެވެ.
ހުށަހަޅާ އެސްޓިމޭޓްތަކުގައި ހުންނަން ޖެހޭ މަޢުލޫމާތު
- މަތީގައިވާ ގޮތަށް 04 ކޮމްޕިއުޓަރ ސިސްޓަމަށް އެސްޓިމޭޓް ހުށަހަޅުއްވަންވާނެއެވެ.
- އޮޕަރޭޓިން ސިސްޓަމް ވާންޖެހޭނީ ވިންޑޯސް 10 ގެ ޖެނުއިން އޮޕަރޭޓިން ސިސްޓަމް އަކަށެވެ.
- އެސްޓިމޭޓް ހުށައަޅުއްވާ ކޮމްޕިއުޓަރ ސިސްޓަމްތަށް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ ތަކެއްޗަށެވެ.
- އެސްޓިމޭޓް ހުށައަޅުއްވާއިރު، ކޮމްޕިއުޓަރ ސިސްޓަމްގެ ރޭޓް އަދި ޖުމްލަ އަގު ހުށަހަޅަންވާނެއެވެ.
- ހުޅުލޭގައި ހުންނަ މިސަރވިސް އަށް ކޮމްޕިއުޓަރ ސިސްޓަމްތަށް ފޯރުކޮށް ދިނުމަށް ޑެލިވަރީ އެއްވެސް ޗާރޖެއް ނަގާނަމަ އެކަން އެސްޓިމޭޓްގައި އެގެން އޮންނަން ވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ ޖުމްލަ އަގުކަމުގައި ބަލާނީ ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
- އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
- ޑެލިވަރ ކޮށްދެވޭނެ މުއްދަތު އެސްޓިމޭޓްގައި ހިމަނަން ވާނެއެވެ.
- ކޮމްޕިއުޓަރ ސިސްޓަމް ތަކަށް މަދުވެގެން 01 އަހަރުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލް ހުށަހަޅުއްވަން ވާނެއެވެ. އަދި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއްވެސް ހުށައަޅުއްވަން ވާނެއެވެ. މީރާގައި ޖީ.އެސް.ޓީ އަށް ރަޖިިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
- މިކަމަށް ހޮވޭފަރާތުން މި އޮފީހަށް ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ބަދަލު ކޮށްދެއްވަން ވާނެއެވެ.
- ތައްޔާރުކުރާ އެސްޓިމޭޓަށް 03 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
- ދެވިފައިވާ މަޢުލޫމާތާއިބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
|
70 |
|
20 |
|
10 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭނެގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- ދެވިފައިވާ ސްޕެސިފިކޭޝަންއާ އެއްގޮތަށް އަންދާސީ ހިސާބުތަށް ހުށަހަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.
Specifications for the computer systems:
Qty |
Specification |
04 |
3.6Ghz Intel Core i7 Quad-Core CPU (4.0Ghz Turbo) |
16GB DDR4 PC19200 (2400Mhz) RAM System Memory |
|
3GB Nvidia Geforce GTX 1060 GDDR5 [192-bit] Graphics |
|
500GB SSD (Solid State Drive) 450MB/s Read & Write |
|
Windows 10 Pro 64-Bit with DVD Recovery Disc |
|
CD/DVD/RW Burner and Blu-Ray Reader Combo Drive |
|
All-In-One Digital Media Flash Card Reader and Writer |
|
6 x USB2.0 Ports | 4 x USB3.0 Ports | 1 x eSATA Port |
|
1Gb Ethernet LAN Network Port + Dual Band WIFI Card |
|
Plug and Play up to 4 x DVI, or HDMI monitors-displays |
|
3840 x 2160 Max Resolution per Screen (4K UHD 2160p) |
|
Premium 7.1 Channel 24-bit Audio (w/ 2 Front Inputs) |
|
Premium 725 Watt Modular Power Supply (PSU) |
|
01 |
1 TB SATAII |
04 |
Microsoft Wireless Keyboard & Optical Mouse |
04 |
Logitech Powered Stereo Speaker System |
10 |
27” LED Monitor |
More information about the setup:
This project aims to provide multi monitor work stations for forecasters. The contractor is obligated to complete the installation (turn- key) as per the information which will be provided during the pre-bid meeting.
The 04 systems should be installed as below:
- 03 work stations to be installed with 03 monitors connected
- 01 work station to be installed with single monitor. (I TB SATAII mentioned in specification is to be installed in this work station)
If any extra equipment/accessory is needed for the setup to complete as above, bidder may include it in their bid document