ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2019/35)
އިޢުލާން
މިއޮފީހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 3 ދުވަހުގެ މަސައްކަތު ބައްދަލުވުމަކަށް، ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2019/33) އިޢުލާނު ބާޠިލްކުރުމަށްފަހު ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2019 ޖޫން 12 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިއިޢުލާނާގުޅޭ މަޢުލޫމާތު އިޢުލާނާ އެޓޭޗްކޮށްފައިވާނެއެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
06 ޝައްވާލް 1440
މިއޮފީހުގެ ނަންބަރު: IUL)196-C/1/2019/35) އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް
މަސައްކަތް: ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 3 ދުވަހުގެ މަސައްކަތު ބައްދަލުވުމަކަށް، ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުން.
- މަސައްކަތް ކުރާނީ 2019 ޖޫން 15 އިން 17 އަށެވެ.
- 2019 ޖޫން 15 ވަނަ ދުވަހު ހެނދުނު 08:45 ކުރިން 150 ބޭފުޅުންނަށް ރިފްރެޝްމަންޓް ތައްޔާރުކުރުން.
- 2019 ޖޫން 15 ވަނަ ދުވަހު މެންދުރު 12:00 ކުރިން ކެއުން 130 ބޭފުޅުންނަށް ތައްޔާރުކުރުން.
- 2019 ޖޫން 16 ވަނަ ދުވަހު މެންދުރު 12:00 ކުރިން ކެއުން 100 ބޭފުޅުންނަށް ތައްޔާރުކުރުން.
- 2019 ޖޫން 17 ވަނަ ދުވަހު މެންދުރު 12:00 ކުރިން ކެއުން 100 ބޭފުޅުންނަށް ތައްޔާރުކުރުން.
- 2019 ޖޫން 17 ވަނަ ދުވަހު އޮންނަ ނިންމުމުގެ ޙަފްލާއަށް ރިފްރެޝްމަންޓް ތައްޔާރުކުރުން 150 ބޭފުޅުންނަށް ތައްޔާރުކުރުން.
- ސައި، ކޮފީ އަދި ބިސްކޯދު ހުރިހާ ގަޑިތަކުގައި ލިބެން ހުރުން.
- މެންދުރު ކެއުން ތައްޔާރުކުރުމުގައި ތިރީގައިވާ ތަކެތި ހިމަނަންވާނެ
- ބަތް (3 ދުވަހު 3 ވައްތަރުގެ)
- ސްޕެގެޓީ ނުވަތަ ޕާސްތާ
- ކަނޑު މަހުގެ ބާވަތެއް
- ކުކުޅު ނުވަތަ ބީފް ބާވަތެއް
- ސެލެޑް (3 ދުވަހު 3 ވައްތަރުގެ)
- ފޮނި އެއްޗެހި (3 ދުވަހު 3 ވައްތަރުގެ)
- ސޮފްޓް ޑްރިންކްސް (އެކި ވައްތަރުގެ)
- ދުފުން
- 100 ބޭފުޅުންގެ ޖާގައިގެ މޭޒު އަދި ގޮނޑި ހުންނަށްވާނެ.
- މިމަސައްކަތާ ގުޅިގެން އުފެދޭ ހުރިހާ ކުންޏެއް އުކާލަންވާނީ މަސައްކަތާއި ޙަވާލުވާ ފަރާތުން.
- މިމަސައްކަތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 9146215 / 9169000 ނަންބަރު ފޯނަށް ގުޅުއްވުން އެދެން.
މަސައްކަތް ޙަވާލު ކުރާނެ ފަރާތެއް ހޮވުމަށް ޕޮއިންޓްދެވޭ އުޞޫލް ތިރީގައި އެވަނީއެވެ.
- މަސައްކަތުގެ އަގު: %75
- މުއްދަތު: %15
- މަސައްކަތުގެ ތަޖުރިބާ: (ވޭތުވެދިޔަ 5 އަހަރު ތެރޭގައި މިދާއިރާއިން ކޮށްފައިވާ މަސައްކަތްތަކަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ހަމައެކަނި މަސައްކަތްކުރިކަމުގެ ލިޔުން ހުށައަޅުއްވާފައިވާ މަސައްކަތްތަކަށެވެ.) %10
އަންދާސީ ހިސާބާއެކު ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެވެ.
- ކުންފުންޏެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްނަމަ ރަޖިސްޓްރީ ސެޓްފިކެޓުގެ ކޮޕީ އަދި ޖީ.އެސް.ޓީ. ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. ޖީ.އެސް.ޓީ ދަށްކަން ނުޖެހޭ ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެވެ.
- އަމިއްލަ ފަރާތަކުން ނަމަ އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެވެ.