ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2019/13
އިއުލާން
އަތޮޅުކައުންސިލްގެ ދިދަ އާއި ލޯގޯ ހެދުން
މިކައުންސިލްގެ ދިދަ އާއި ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރ (IUL)241-B/241/2019/10 އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބް ހުށަހަޅާފައިނުވާތީ އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިފީމެވެ. ވީމާ ، މި ކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13.30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރުމަށްފަހު 23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13.30 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ކައުންސިލްގެ ދިދަ އާއި ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ރަށުން ބޭރުގައި ތިއްބެވި ފަރާތްތަކުން މައުލޫމާތު ސާފް ކުރަން ކަނޑައެޅިފައިވާ ތާރީޚްގައި މިއިދާރާއަށް ގުޅައިގެން މައުލޫމާތު ސާފް ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
ހުށަހަޅުއްވާ އަގަށް 50%
ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް 15%
ފަރުމާކުރުމަށް 35%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
06 ޝައްވާލް 1440ހ
09 ޖޫން 2019މ