ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 4/2017) ގެ ދަށުން އެކުލަވާލައިފައިވާ ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަމްބަރ (I (2019/R-999 މާރިޗު 2 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވި، 2 ޖޫން 2019 ވަނަ ދުވަހު މި ގަވާއިދަށް ޢަމަލުކުރަން ފަށާފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މި ގަވާއިދުގެ ދަށުން ޢިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ އެއްވެސް މަސައްކަތެއް ކުރެވޭނީ މި ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރުމަށް ފަހުގައި ކަމުގައި ބަޔާންކުރެވިފައި ވާނެއެވެ.
އެހެންކަމުން މި ގަވާއިދަށް ޢަމަލުކުރަން ފެށި ތާރިޚު ކަމުގައިވާ 2 ޖޫން 2019 އިން ފެށިގެން، 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދި "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. ނަމަވެސް ޢިމާރާތްކުރުމާއި ގުޅޭ ހުއްދަތައްދޭ އިދާރާތަކުން މި ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރެވެންދެން ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތަކެއް ކަމުގައި ބެލެވޭނެއެވެ.
ހުއްދައަށް އެދޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓު www.planning.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ފޯނުނަންބަރު 3004165 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.