މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ 20 ކޮމްޕިއުޓަރ ސިސްޓަމް، 15 ލެޕްޓޮޕް އަދި 02 މޮނީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 

           ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ 20 ކޮމްޕިއުޓަރ ސިސްޓަމް، 15 ލެޕްޓޮޕް އަދި 02 މޮނީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  3. މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖޫން 17 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000.00ރ (ފަސްހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް 30 ދުވަހުގެ ވެލިޑިޓީ އާއިއެކު ހުށަހަޅުއްވަންވާނެއެވެ.
  6.  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޖޫން 13ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  

 

 

03 ޖޫން 2019
ހޯދާ