ދިވެހިރާއްޖެ
ކ.ހުރާ މުރީދުގެ ގޯތީގައި 05 ފްލޯގެ އިމާރާތެއް އެޅުމަށް ބޭނުންވާނެ ކުރެހުން ފަރުމާ ކޮށްދީ ބީއޯކިއު ހަދައިދޭނެ ފަރާތެށް ހޯދުމަށް ބޭނުންވެއްޖެއެވެ.
ކ.ހުރާ މުރީދުގެ ހުރި ބިމުގައި 05 ފްލޯރގެ އިމާރާތެއް، މި އޮފީހުން ދޭ މައުލޫމާތާ އެއްގޮތަށް ކުރަހައިދީ، ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ތިންވަނަ އިއުލާން ނަންބަރ (IUL)334/334/2018/7626 ނޮވެންބަރ 2018 އަށް، ހުށައަޅާފައިވާ ބިޑުތަކުގައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކަކަށް ނުވާތީ، އެ އިއުލާން ބާތިލްކޮށް 04 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އޮފީހަށް ދުރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް އޮފީހަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މަތީގައި މިދެންނެވި މަޢްލޫމާތުގެ އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުންނަމަ 6640074/ 7993018 ފޯނާއި ގުޅުއްވައިގެން ކުރިޔަށް ދިޔުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ރަމަޟާން 1440
03 ޖޫން 2019