މަގޫދޫ ސްކޫލް/ނ.މަގޫދޫ
ދިވެހިރާއްޖެ
ނ.މަގޫދޫ ސްކޫލުގައި ސެކިއުރިޓީ ރޫމެއް އިމާރާތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެ

  ނ.މަގޫދޫ ސްކޫލުގައި ސެކިއުރިޓީ ރޫމެއް އިމާރާތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެ

19 މެއި 2019 ގައި މިސުކޫލުން ކޮށްފައިވާ ޢިއުލާނަށް ( ޢިއުލާން ނަންބަރު GS117/IUL/2019/13) އެކަށީގެންވާ އަދަދައް ބޭފުޅުން ކުރިމަތިލާފައިނުވާތީވެ

އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނ.މަގޫދޫ  ސްކޫލަށް ވަޑައިގެން

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މި ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަން ހުޅުވާލެވިފައިވަނީ، 

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު  ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ  ހެނދުނު 10:00

16 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560577 ނަންބަރު ފޯނާއެވެ.

3 ޖޫން 2019

03 ޖޫން 2019
ހޯދާ