މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ނާސްތާ ޕްރޮގްރާމްއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާނު

 

ތާރީޚް: 03 ޖޫން 2019

  ނަމްބަރު: (IUL)GS-51/GS-51/2019/11

         

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މިއީ މިކަމަށް ކުރެވޭ 3 ވަނަ އިއުލާނެވެ.
  2. މިމަސައްކަތަށް ކުރެވުނު ނަމްބަރ IUL)GS-51-Dpt-101/INDIV/2019/15) އިއުލާނާއި ގުޅިގެން އިއުލާނަށް އެކަށީގެންވާ މުއްދަތު ދެވިފައިނުވާތީ އެއިއުލާނު ބާތިލް ކުރީމެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 9 ން 11 ށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 12 ވާ ބުދަ ދުވަހުގެ 13:00 ގައި  މިސްކޫލްގައެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 23 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
  7. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޕްރޮގްރާމުގައި ބައިވެރިވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް މިމަދަރުސާގެ އިދާރާއިން ދޫކުރާނެއެވެ.

9.އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ·       މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
  • ·        ފޯން: 6620009
  • ·        އީމެއިލް:[email protected]
03 ޖޫން 2019
ހޯދާ