ވަޒީފާގެ ފުރުޞަތު
|
ނަންބަރު: (IUL)GS-51-dpt-103/GS-51/2019/9
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމް:
|
J-133698
|
މަޤާމްގެ ނަންބަރު:
|
1 (އެކެއް)
|
ބޭނުންވާ އަދަދު:
|
ދާއިމީ
|
މަޤާމުގެ ގިންތި:
|
ޖީ. އެސް 3
|
މަޤާމުގެ ރޭންކް:
|
އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
މަދްރަސަތުލް އިފްތިތާޙް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މަހަކު -/4465 ރުފިޔާ
|
މުސާރަ:
|
މަހަކު -/1500 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
ސަޕޯރޓިންގ ކޯ އެލަވަންސް މަހަކު -/700 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
އެހެނިހެން އިނާޔަތްތައް
|
- ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައާއި ބަންދު ދުވަސް ތަކުގައި ޑިއުޓީ ތާވަލްގައިވާ ގޮތުގެ މަތިން އޮފީސްހުޅުވައި ލެއްޕުން
- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާގެ ޗެކްތައް ފަރުވާތެރިކަމާއެކު ލިޔެ ޗެކްރަޖިސްޓްރީ ބެލެހެއްޓުމާއި ފައިސާގެ ރިޕޯޓް ތައްޔާރުކުރުން
- އެކިއެކި ފަރާތްތަކަށް ދޭންވާ ފައިސާދިނުމުގެ ހުއްދަ ލިޔުމާއި، އާމްދަނީގެ ގޮތުގައިލިބޭ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ޤަވާއިދުން ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން.
- މަދަރުސާގެ ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއެކު ޤަވާއިދުން ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚު ފާއިތުވުމުގެ ކުރިން ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
- އާމްދަނީ ގޮތުގައި ނުވަތަ އެހެންވެސް ގޮތަކުން ސްކޫލަށް ލިބޭފައިސާ ބަލައިގަނެ ގަވާއިދުން ބެންކަށް ޖަމާކޮށް އެކާމާގުޅޭ ލިޔުންތައް ބެލެހެއްޓުން.
- އެކިފަރާތްތަކުން ހުށަހަޅާ ފައިސާގެ ބިލްތައް ބިލްރަޖިސްޓްރީއަށް ނަގައި އެތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން
- އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާގެ ޗެކްތަކާއި، ފައިސާ އަދި ވައުޗަރ ފަދަތަކެތި ފަރުވާތެރިކަމާއެކު އެފަރާތަކަށް ރައްދުކުރުމާއި، ރައްދު ނުކުރެވޭތަކެތި ރައްދު ކުރެވެންދެން ރައްކާތެރިކޮށް ބެލެހެއްޓުން.
- ސްކޫލްގެ ބަޖެޓްގެ ބާކީ ބެލެހެއްޓުމާއި، އެކައުންޓްތަކުގެ ފައިސާގެ ތަފްސީލް މަހުންމަހަށް ބެލެހެއްޓުން.
- މުވައްޒަފުން ގަޑިޖެހުމުގެ ސަބަބުން އެމީހުންގެ އަތުން ނަގަން ޖެހޭ ގަޑީފައިސާ ކޮންމެ މަހަކުވެސް ގަވާއިދުން ނެގުމާއި، ގަޑީ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ވެރީން ލައްވާ ސޮއިކުރުވުން.
- ކޮންމެ މަހެއް ނިމުމުން ތިޖޫރީ ބާކީ ބަލައި ފައިސާގެ ހިސާބުތައް ދިމާވޭތޯ ކަމާގުޅޭ މުވައްޒަފުންނާއެކު ޗެކުކޮށް ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.
- ފައިސާއާބެހޭ ބިލްތަކާއި، ރިޕޯޓްތަކާއި ލިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުމާއި އެކަމާގުޅޭ ގޮތުން ހެދޭ ފޮތްތައްވެސް ޒިއްމާދާރުގޮތެއްގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
- މުވައްޒަފުންގެ ކްރެޑިޓް ސްކީމާއި ޕްރޮވިޑެންޓް ފަންޑް އަދި މެޑިކަލް އިންޝޫރެންސާއި ޕެންޝަން ފަންޑާބެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަންކަމާގުޅޭ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މަދަރުސާގެ އެއްވެސް ބޭނުމަކަށް ޕެޓީ ކޭޝްގެ ގޮތުގައި ފައިސާއެއް ގެންގުޅޭން ޖެހިއްޖެނަމަ އެކަމުގެ ހުއްދަ ހޯދުމުގެ ގޮތުން ކުރަން ޖެހޭ ކަންތައް ވެރިޔެއްގެ ލަފާގެމަތީން ކުރުމާއި، މިގޮތުން ގެންގުޅޭން ޖެހޭ ފައިސާ ތިޖޫރީގައި ބެހެއްޓުމާއި ޚަރަދުކުރުމުގެ އިންތިޒާމުތައް ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ފުރިހަމަޔަށް ކުރުން.
- ބަޖެޓާގުޅޭ ފުރަތަމަ މުވައްޒަފު ޗުއްޓީ ނުވަތަ ސަލާމުގައި ހުރެއްޖެ ހާލަތެއްގައި ބަޖެޓާގުޅޭ އެމުވައްޒަފުގެ ޒިއްމާތައް ވެރީންގެ ލަފާގެ މަތީން އުފުލުން.
- މަދްރަސާގައި ތަރައްގީއަށް ކުރެވޭ ކަންކަމުގެ ރިޕޯޓްހަދައި މިނިސްޓްރީ އަށްފޮނުވުން.
- މަދްރަސާގެ ކުރިޔަށް އޮތްއަހަރުގެ ބަޖެޓްހެދުމާއި އަހަރީ ޕްލޭންހަދައި މިނިސްޓްރީއަށް ފޮނުވުން.
- އޮފީސް ހުޅުވަންޖެހޭ ހަފްތާގައި ހާޒިރުވުމަށް އުޒުރުވެރި ވެއްޖެނަމަ، އެ ދުވަހު ތަޅުދަނޑި ނަގާނެ ވަގުތު އޮއްވައި އޮފީހުގެ ވެރިއަކަށް (ސެޝަން އިންޗާޖް) ގުޅައިގެން އެހެން މުވައްޒަފަކު ލައްވައި އޮފީސް ހުޅުވުމަށް ދެންނެވުން.
- ރޭގަނޑު މަސައްކަތްކުރާ ގޮތެއް ދިމާވެއްޖެނަމަ، އެރެއެއްގައި އޮފީހުގައި ތިބޭ މުވައްޒަފުންނާ ގުޅައިގެން ރޭގަނޑު އޮފީސް ލައްޕަންޖެހޭ ގަޑި އޮޅުންފިލުވުމަށްފަހު އެގަޑިއަކަށް އޮފީސް ލައްޕަން ހާޒިރުވެ ގަވާއިދުން އޮފީސް ލެއްޕުން.
- އޮފީސް ތަޅުލާއިރު ހުރިހައި ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ތަޅުލެވިފައިހުރިތޯ ބަލައި ޗެއްކުރުމަށްފަހު ނޫނީ ތަޅުދަނޑި ހަވާލުނުކުރުން. މިގޮތުން އޮފީހުގެ އެއްވެސް ދޮރެއް ނުލެއްޕި ހުރެގެން ލިބޭ ގެއްލުމަކަށް ޒިންމާވުން.
- އޮފީސް ލެއްޕުމަށްފަހު ސްކޫލް ބަލަހައްޓަން ތިބޭ ސެކިއުރިޓީން ލައްވައި ރަނގަޅަށް ތަޅުލެވިފައިވޭތޯ ބަލައި ޗެއްކުރުވުން.
- ސަރުކާރު ބަންދުދުވަސް ދުވަހު އޮފީސް ހުޅުވަންޖެހޭ ހާލަތެއްގައި އޮފީސް ހުޅުވަން އަންގައިފިނަމަ އެގަޑިއަށް އޮފީސް ހުޅުވައި މަސައްކަތް ނިމުމުން އޮފީސް ލެއްޕުން.
- ހަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ނިންމައި އަދި ނުނިމޭ ކަމުގައިވަނީނަމަ އެމަސައްކަތެއް ގޮސްފައިވާ ހިސާބުގެ މަޢުލޫމާތު އެޑްމިނިސްޓްރޭޓަރަށް ނުވަތަ ޑެޕިޔުޓީ ޕްރިންސިޕަލަށް ދުވަހުން ދުވަހަށް ދިނުން.
- މިނޫނަސް ސްކޫލުން ހިންގާ ތަފާތު ޙަރަކާތްތަކުގައި މަދްރަސާގެ ރަސްމީ ކަމެއް ޙަވާލުކުރާން ޖެހިއްޖެ ހިނދެއްގައި ވެރިން ދެއްވާ ލަފައާއި އިރުޝާދާ އެއްގޮތަށް ވީ އެންމެ ފުރިހަމަޔަކަށް އެހަވާލުކުރި ކަމެއް ކުރުން.ސެޕް ތައްޔާރު ކުރުމާއި އަޕްޑޭޓް ކުރުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސާނަވީ ނުވަތަ އެ އާއި އެއް ފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ ޝަރުތުތައް:
|
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. %40
- އިމްތިޙާން (ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) %5
- މަސައްކަތު ތަޖްރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚްލާޤް.
- މަސައްކަތުގެ ހުނަރާއި، ފެންވަރާ، ޤާބިލްކަމާއި، ސިފަތައް އިންޓަރވިއު ޕެނެލަށް ސާބިތުކޮށްދެވޭ މިންވަރު. %45
|
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަދްރަސާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މަދްރަސަތުލް އިފްތިތާޙް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ([email protected]) ވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިންނާނީ، 23 ޖޫން 2019 އާއި 27 ޖޫން 2019 އާ ދެމެދު، މަދްސަތުލް އިފްތިތާޙް ގައެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު
|
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620009 ނުވަތަ 6620292 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|