ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގައި ވޯކްވޭއެއް ހަދައިދޭނެ ފަރާތެއް ހޯދަން

ނަންބަރު: (IUL)P2C/2019/52

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ.

 

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގައި ވޯކްވޭއެއް ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު (IUL)P2C/2019/44 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފްކޮށްފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2019 ވާ ބުދަ ދުވަހުގެ 11:00 އަށް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 19 ޖޫން 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މަޢުލޫމާތު ނެންގެވި ކޯޓަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.

02 ޖޫން 2019
ހޯދާ