ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް

މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް 19 މެއި 2019 ގައި ކުރެވުނު އިއުލާން GS50/IUL/2019/07 އާއި ގުޅިގެން ބީލަން ހުށަހެޅުމަށް ނަންނޯޓުކޮށްފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެއިއުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވަމެވެ.  

މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 9 އިން 2019 ޖޫން 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 16 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 17 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 24 ވާ ހޯމަ ދުވަހުގެ 11:00 ގައި ޝަމްސުއްދީން ސްކޫލްގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަމްސުއްދީން ސްކޫލް

ސ.މީދޫ، ދިވެހިރާއްޖެ

ފޯން: 6895733

އީ-މެއިލް: [email protected]

02 ޖޫން 2019
ހޯދާ