ދިވެހިރާއްޖެ
ނަންބަރ: MTCC-PD/IU/2019/0090
އިޢުލާން
ހއ.ހޯރަފުށި އެއާރޕޯޓް ރަންވޭ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން:
ހއ.ހޯރަފުށި އެއާރޕޯޓްގެ ރަންވޭ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ޖޫން 2019 ވަނަ ދުވަހުގެ 11:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
28 ރަމަޟާން 1440
02 ޖޫން 2019
