ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ:10/ GS039/2019
އައު އިމާރާތް އެޅުމާއި ގުޅޭ
މި ސްކޫލުގެ އައު އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދުމަށް 19 މެއި 2019 ގައި ކުރެވުނު އިޢުލާން ނަންބަރ GS039/2019/09 އާއިގުޅިގެން ބިޑްހުށަހެޅުމަށް ހާޟިރުވެފައިވަނީ ދެފަރާތަކުން ކަމުގައިވާތީވެ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
މިސްކޫލްގެ ހަތަރު ކްލާސް ރޫމް އިމާރާތް އެޅުމުގެ މަސައްކަތް ސްކޫލުން ދައްކާ ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 2019 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ސްކޫލް އޮފީހަށް ދުރުވެ ދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
02 ޖޫން 2019
28 ރަމަޟާން 1440