ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2019/20
އިއުލާން
ހދ. ކުމުންދޫ ރަށުތެރޭގައި ހުރި ބައެއް ހުސްބިންތައް ކައުންސިލާއި ގުޅިގެން އެކިއެކި ކަންކަމަށް ބެނުންކުރުމަށް ޝައުޤުވެރިވާފަރާތެއްހޯދުން
ހދ. ކުމުންދޫ ތިރީގައިވާ 2 ބިން މިކައުންސިލާއިގުޅިގެން އެކިއެކި ކަންކަމަށް ބޭނުންކުރުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުންއެދެމެވެ. ބިމާއިބެހޭ މަޢުލޫމާތު އަދި އެހެނިހެން މައުލޫމާތު މިކައުންސިލުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ޝީޓްގައިހިމެނިފައިވާނެެއެވެ.
- ހދ. ކުމުންދޫ ރަސްމީފުޓްބޯޅަދަނޑުގެ ހުޅަނގު އުތުރުކަންމަތީގައިވާ 3000 (30x100) އަކަފޫޓްގެ ބިން.
- ހދ. ކުމުންދޫ ނިއުރޯޒްގެ އުތުރުފަރާތުގައިވާ 4000 (50x80) އަކަފޫޓްގެ ބިން.
ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެކަން ބަޔާންކޮށް، 13 ޖޫން 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
30 މެއި 2019