ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/2019/11

ތާރީޚް: 30 މެއި 2019

 


މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ (ކޮންޓްރެކްޓް)

މުއްދަތު: އިޢުލާނުކޮށްގެން މުވައްޒަފަކު ހަމަޖެހޭ ތާރީޚުން ފެށިގެން، ހަ މަހުގެ ޗުއްޓީގައި ހުންނަ މުވައްޒަފު ނިކުންނަންދެން

 

ޢަދަދު

1

ރޭންކް: އެލް.އެސް 2

 

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ

 

ސެކްޝަން

ޝަރުޢީ ސެކްޝަން

 

އަސާސީ މުސާރަ

 9,412/-ރުފިޔާ

 

އެލަވަންސް

-          ސަރވިސް އެލަވަންސް -/3,000 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

-          މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

މައިގަނޑު މަސައްކަތް

-          ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެއްކަން ކަށަވަރުކޮށް އެމައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ރަޖިސްޓްރަރ އަށް އެހީތެރިކަން ފޯރުކޮށްދިނުން.

-          ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ފިޔަވަޅުއެޅުން.

-          ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުން.

-          ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަންފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓްތައްޔާރުކުރުމާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިޞްލާޙްތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓުގެ އިސްޤާޟީގެ މަޝްވަރާގެ މަތިން ކުރުން.

-          ކޯޓުން ނެރޭ ސަރކިއުލަރ ޢާއްމު ސިޓީ ފަދަ ލިޔުންތައް ޑްރާފްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފޮނުވުން.

-          ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑްރަގް ކޯޓާއި ގުޅޭ ޝަރުޢީ މުހިއްމު ނިންމުންތައް ދިރާސާކޮށް ހޯދައި ޤާޟީންނަށް އެރުވުން.

-          ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން.

-          ކޯޓުން ހަދާ ޤަވާއިދުތަކާއި އުސޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތް ކުރުން.

-          ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.

-          މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

-          މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި ޤާޟީންނަށް އެހީތެރިވެދިނުން.

-          ޤާޟީންގެ ލަފަޔާއި މަޝްވަރާގެ މަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1-   ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ.)

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރިޑޭޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރިޑޭޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5-   އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި

13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

 

-          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

-          އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

ނޯޓް:

މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

       

 

 

30 މޭ 2019
ހޯދާ