ދިވެހިރާއްޖެ
ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 16 މެއި 2019 ގައި ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/14 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތަށް އަލުން ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 09 ޖޫން 2019 ދުވަހުގެ 11:00 ށ.ފީވަކު މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖޫން 2019 ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން ށ.ފީވަކު މެޖިސްޓްރޭޓްކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.
މިމަސައްކަތް ޙަވާލުކުރެވޭނީ، ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކާއި، ޕާޓްނަޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.